logo

މޯލްޑިވިއަނުން ބަންގްލަދޭޝްއަށް ކުރާ ދަތުރުތައް އަލުން ފަށައިފި

profile

ރިޟްވާން މޫސާ - 14 މާރިޗު 2026 - 14:50

ގިނަ ދުވަސްތަކަކަށް މެދުކެނޑުމަށްފަހު ބަންގްލަދޭޝްގެ ވެރިރަށް ޑާކާއާއި ހުޅުލެއާ ދެމެދު ގައުމީ އެއާލައިން މޯލްޑިވިއަނުން ކުރާ ދަތުރުތައް އަލުން ފަށައިފިއެވެ.

https://wamco.com.mv/

ބަންގްލަދޭޝްއާއި ރާއްޖެއާ ދެމެދު މޯލްޑިވިއަނުން ކުރަމުން އައި ދަތުރުތައް ހުއްޓާލީ އޮގަސްޓް 2024ގައި، ބަންގްލަދޭޝްގެ އޭރުގެ ބޮޑުވަޒީރު ޝައިޚް ހަސީނާގެ 15 އަހަރުވީ ވެރިކަމުގައި އެ ގައުމުގެ އިގުތިސާދީ ހާލަތު ދަށްވުމާއި ކޮރަޕްޝަން އިތުރުވުމާ ގުޅިގެން ކުރި މުޒާހަރާތަކާއެކު، އެ ގައުމުގެ ސިޔާސީ މަސްރަހު ނުތަނަސްވުމާ ގުޅިގެން ހަމަނުޖެހުންތައް ހިނގައި ދިޔަ ދަނޑިވަޅެއްގައެވެ.

ނަމަވެސް މިއަދު މޯލްޑިވިއަނުން ވަަނީ އަލުން ބަނގުލަދޭޝް އަށް ދަތުރުތައް ފަށާފަ އެވެ.

މޯލްޑިވިއަންގެ ދަތުރުތައް މި އަދު ޑާކާ އަށް އަލުން ފަށާފައިވާއިރު ދަތުރު ކޮށްފައިވަނީ މޯލްޑިވިއަންގެ އެންމެ ބޮޑެތި ބޯޓުތަކުގެ ތެރެއިން ބޯޓެއްގަ އެވެެ.

މި ދަތުރުގައި ބައިވެރިވި ކޮންމެ ފަސިންޖަރަކަށްވެސް މޯލްޑިވިއަންގެ ފަރާތުން ވަނީ ފިނިފެންމަލެއްވެސް ދީފަ އެވެ

ބަންގްލަދޭޝްއާއި ރާއްޖެއާ ދެމެދު ކުރާ ދަތުރުތައް އޮންނާނީ ކޮންމެ ހަފުތާއެއްގެ އާދީއްތަ ދުވަހާއި ބުރާސްފަތި ދުވަހު އެވެ.

ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު މޯލްޑިވިއަނުން ކުރާ ދަތުރުތަކުގެ ޓިކެޓު މޯލްޑިވިއަންގެ ވެބްސައިޓުންނާއި އެ އެއާލައިންގެ މޯބައިލް އެޕުންނާއި، ކޯލް ސެންޓަރު 1671 އަށް ގުޅައިގެން، ލިބެން ހުންނާނެ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk