logo
ކުރީގެ ނައިބު  ރައީސް ފައިސަލް ނަސީމް

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ގޭހާއި ތެޔޮ އަދި ކާބޯތަކެތި ހުސްނުވެ ލިބޭނެކަން ޔަގީންކުރެވެންވާނެ: ފައިސަލް ނަސީމް

profile

މުޙައްމަދު ފަޟްލޫން - 14 މާރިޗު 2026 - 15:12

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން މިގައުމަށް އެތެރެކުރާ ގޭހާއި ކާބޯތަކެތި އަދި ތެޔޮ ދަތިކަމެއް ނެތި ލިބޭނެކަން ސަރުކާރުން ޔަގީންކުރަންޖެހޭނެ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އެކްސް ގައި ފައިޞަލް ވިދާޅުވެފައިވަނީ މީގެ ކުރިންވަނީ ރާއްޖެ ވަނީ ކޯވިޑު 19 ގެ ދަތި ދުވަސްތަކާ ކުރިމަތިލައި، އެ ދުވަސް ތަކުން ގިނަ ތަޖުރިބާ ތަކެއް ކޮށްފައި ކަމަށެވެ. އެ ދުވަހުގެ ދަތި އަދި ނާޒުކު ޙާލަތުން އަރައި ގަނެވުނީ، ޚަރަދު ކުޑަ ކުރުމަށް އެޅި ހަރުދަނާ ފިޔަވަޅު ތަކާ އެކު، ރައްޔިތުންގެ ހިތްވަރުން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ހަނގުރާމަ އާއި ގުޅިގެން ފަތުރުވެރިކަން ހީނަރުވަމުންދާއިރު ދައުލަތަށް ފަތުރުވެރިކަމުން ލިބޭ އާމްދަނީ ކުރިއަށް އޮތް ތަނުގައި ދަށްވެގެން ދާނެކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ފައިސަލް ވަނީ ދައުލަތަށް ލިބޭ އާމްދަނީ އިން ދެކޮޅު ޖެއްސޭނެ ގޮތެއް ހޯދަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

ސަރުކާރުން ގެންދަވަނީ ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ވަޒީފާތައް އިތުރު ކުރަމުން ކަމަށެވެ.

އޭގެ އިތުރުން ބޭކާރު އެހެނިހެން ޚަރަދުތައް ވެސް ކުރައްވާ ކަމަށާއި އެއީ ހުއްޓާލަންޖެހޭ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ކައުންސިލް އިންތިހާބު ކުރިއަށް ގެންދާއިރު ވީހާ ވެސް ޚަރަދު ކުޑަކޮށް ގެންދެވޭނެ ގޮތް ތަކެއް ހޯދަން ޖެހޭކަން ފާހަގަ ކުރައްވައި މި ޙާލަތުގައި ގައުމީ މަސްލަޙަތު އިސްކޮށް، ޞައްޙަ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދީ، ސަރުކާރު ހިންގުމުގެ ޚަރަދު ކުޑަ ކުރަން ފައިސަލް އިލްތިމާސްކުރެއްވިއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk