
ގޯތި ލިބޭ ފަރާތްތަކަށް މި ސަރުކާރުން ގޯތި ދޫކުރަނީ
އެމްޑީޕީ ސަރުކާރުގައި ފުލެޓާއި ގޯއްޗަށް ކުރިމަތިލީ މީހުންނަށް ގޯއްޗާ ފުލެޓުދޭން މާލޭ މޭޔަރު ގޮވާލައިފި

ރިޟްވާން މޫސާ - 23 ޖެނުއަރީ 2026 - 06:45
އެމްޑީޕީ ސަރުކާރުގައި ފުލެޓާއި ގޯއްޗަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ފުލެޓާއި ގޯތި ދިނުމުގައި އިސްކަން ދެއްވުމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފި އެވެ.
ނިމިގެންދިޔަ އެމްޑީޕީ ސަރުކާރުގައި ފުލެޓާއި ގޯއްޗަށް ހުޅުވާލުމަށް ވަނީ "ގެދޮރުވެރިޔާ" އާއި "ބިންވެރިޔާ"ގެ ނަމުގައި ފުރުސަތު ހުޅުވާލާފަ އެވެ.
އެމްޑީޕީ އަށް ނިސްބަތްވެ ވަޑައިގަންނަވާ މާލޭ ސިޓީގެ މޭޔަރު އާޒިމް ވިދާޅުވީ "ގެދޮރުވެރިޔާ" އާއި "ބިންވެރިޔާ"ގެ ދަށުން ހުޅުވާލި ދެވަނަ ފުރުސަތުގައި ފުލެޓަށާއި ގޯއްޗަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނަށް، މި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ފުލެޓުތަކާއި ގޯތި ދެވެން ވާނެ ކަމަށާއި، އެމީހުންނަށް އިސްކަން ދިނުމަށް އެދިވަޑައިގަންނަވާކަމަށެވެ.
އާޒިމް އެކްސް ގައި ވިދާޅުވެފައި ވަނީ ގެދޮރުވެރިޔާ މަޝްރޫއާއި ބިންވެރިޔާ މަޝްރޫއުގެ ދަށުން ފުލެޓަށާއި ބިމަށް ދެވަނަ ފަހަރަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ ފަރާތްތަކުގެ މައުލޫމާތު ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގައި ހުންނާނެ ކަމަށެވެ.
މި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސްކީމުގެ ދަށުން 7900 ފުލެޓު ދޫކުރާއިރު، 1250 އަކަފޫޓުގެ 15,000 ގޯތި ދޫކުރަން ހަމަޖެހިފައިވެއެވެ.
ގޯތި ދޫކުރަނީ ދެ ކެޓަގަރީން ކަމަށްވާއިރު މާލޭ ރަށްވެހިންނަށް އަދި ޚާއްޞަ އިސްކަންދެވޭ ކެޓަގަރީތަކަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގްރޭޓާ މާލޭ ސަރަހައްދުންނާއި ރަސްމާލެއިންނެވެ. އަދި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ގޯތި ދޫކުރަން ހަމަޖެހިފައިވަނީ ހަމައެކަނި ރަސްމާލެއިންނެވެ.
ގުޅުން ހުރި ޙަބަރުތައް

ބޮޑުތަކުރުފާނު މަގުފުޅާކުރުން: 55 މީޓަރުގެ އެއްގަމު ތޮށީގެ މަސައްކަތް ނިންމާލައިފި
4 ގަޑިއިރު ކުރިން

ދަރުމަައަށްޓަކައި ވެސް ލޭ ހަދިޔާކުރަމާ !
6 ގަޑިއިރު ކުރިން

އޭޝިއާ ވިޝަން ނިއުސް ކޯޑިނޭޓަރުންގެ ބައްދަލުވުން ބާއްވައިފި
7 ގަޑިއިރު ކުރިން

ހުޅުދެލި ސިއްހީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތުގެ ބިންގާ އަޅައިފި
9 ގަޑިއިރު ކުރިން


