
ބޮޑުތަކުރުފާނު މަގުފުޅާކުރުން: 55 މީޓަރުގެ އެއްގަމު ތޮށީގެ މަސައްކަތް ނިންމާލައިފި

އައިޝަތު އިނާޝާ - 23 ޖެނުއަރީ 2026 - 16:12
މާލޭގެ ބާޒާރުމަތީ ސަރަޙައްދުގެ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން، މިހާތަނަށް 55 މީޓަރުގެ އެއްގަމު ތޮށީގެ މަސައްކަތް ނިންމާލާފައިވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.
އެމްޓީސީސީން ބުނިގޮތުގައި މާލޭ ބޮޑު ތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސަައްކަތުގެ ދެވަނަ ސެގްމެންޓުގެ ތެރެއިން ބާޒާރު މަގުތައް ތަރައްގީކުރުމުގެ މަސައްކަތް ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން މި މަސައްކަތުގެ ތެރެއިން މިހާރުވެސް 55 މީޓަރުގެ އެއްގަމު ތޮށީގެ މަސައްކަތް ނިންމާލެވިފައިވާ ކަމަށާއި، މަގުތަކުގައި ކާނު އަދި ދުވާރުތައް އެޅުމުގެ މަސައްކަތް ފެށުމަށް މިހާރުވަނީ ތާވަލުކޮށްފައިވާ ކަމަށެެވެ.
ބާޒާރުމަތީ ސަރަހައްދުގެ މަގު ހެދުމުގެ މަސައްކަތް ފަށާފައިވަނީ ޑިސެމްބަރުމަހުގެ 9ވަނަ ދުވަހުއެވެ.
މި މަޝްރޫޢުގެ ދަށުން މާލޭގެ ލޯކަލް މާރުކޭޓް ސަރަޙައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއްގައި ތާރު އަޅައިގެން ތަރައްޤީ ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި އެއްގަމު ތޮށި 6 މީޓަރަށް ބޭރަށް ޖައްސައި، މަގު ފުޅާކުރުމަށް ހަމަޖެހިފައިވެއެވެ.
މި މަޝްރޫޢު ނިމުމުން ބާޒާރުމަތީ ސަރަޙައްދުގެ މަގުތަކަކީ ދެކޮޅަށް ދުއްވޭ، ހިނގާ މީހުންނަށް އަމާން އަދި ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ލިބިފައިވާ ޒަމާނީ މަގުތަކަކަށް ވެގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1088 މީޓަރުގެ ސަރަޙައްދެއް ތަރައްޤީ ކުރުމަށް ހަަމަޖެހިފައިވެއެވެ. މީގެ ތެރެއިން ފުރަތަމަ ފިޔަވަހީގެ 140 މީޓަރުގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ. އެމްޓީސީސީގެ އަމާޒަކީ ރޯދަ މަހުގެ ކުރިން މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ނިންމައި އާންމުންނަށް ހުޅުވާލުންކަމަށް އެކުންފުނިން ބުންޏެވެ.
ގުޅުން ހުރި ޙަބަރުތައް

ދަރުމަައަށްޓަކައި ވެސް ލޭ ހަދިޔާކުރަމާ !
4 ގަޑިއިރު ކުރިން

އޭޝިއާ ވިޝަން ނިއުސް ކޯޑިނޭޓަރުންގެ ބައްދަލުވުން ބާއްވައިފި
5 ގަޑިއިރު ކުރިން

ހުޅުދެލި ސިއްހީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތުގެ ބިންގާ އަޅައިފި
7 ގަޑިއިރު ކުރިން

މުހިންމީ އަވަހަށް ފޯމުލުމެއްނޫން، މައުލޫމާތު ފުރިހަމަކުރުން: ހައުސިން މިނިސްޓްރީ
9 ގަޑިއިރު ކުރިން


