logo

މުހިންމީ އަވަހަށް ފޯމުލުމެއްނޫން، މައުލޫމާތު ފުރިހަމަކުރުން: ހައުސިން މިނިސްޓްރީ

profile

ޝަހްޒާ މުޙައްމަދު - 23 ޖެނުއަރީ 2026 - 09:18

ބޯހިޔާވަހިކަމުގެ ސްކީމަށް ފޯމު ހުށަހަޅާއިރު، އަވަސްކުރުމުގެ ބަދަލުގައި ހުރިހާ ލިޔެކިޔުންތަކާއެކު ރަނގަޅަށް ފޯމު ފުރިހަމަކުރުމަށް ހައުސިން މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބް އިލްތިމާސްކުރައްވައިފިއެވެ.

https://wamco.com.mv/

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ބޯހިޔާވަހިކަމުގެ ފުރަތަމަ ޕްރޮގްރާމަށް މިމަހުގެ 18 ވަނަ ދުވަހުވަނީ ހުޅުވާލާފައެވެ.

މި ސްކީމުގެ ދަށުން މާލެ ސަރަހައްދާއި ރަސްމާލެ ހިމެނޭހެން 15,000 ގޯއްޗާއި 7,900 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ފްލެޓާއި ގޯތި ދޫކުރުމުގައި މާލޭގެ ރަށްވެހިންނާއި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް ވަކި ކެޓަގަރީތަކެއް ވަނީ ކަނޑައަޅާފައެވެ.

ސަރުކާރުން ބޯހިޔާވަހިކަން ދިނުމުގައި މިފަހަރު އެންމެ ބޮޑަށް އިސްކަން ދޭނީ، އެމީހެއްގެ އާމްދަނީއާއި ދިރިއުޅުމުގެ ޙާލަތަށެވެ. ފޯމުގައި ޢާއްމު މަޢުލޫމާތާއި، އާއިލާއާއި ދިރިއުޅުމުގެ ޙާލަތު އަދި ވަޒީފާއާއި އާމްދަނީގެ މަޢުލޫމާތުވެސް ހިމަނަން ޖެހޭނެއެވެ. އަދި މާލޭގައި ދިރިއުޅުނު މުއްދަތު ސާބިތު ކުރުމަށް، އެކަމަށް ބޭނުންވާ ލިޔެކިޔުންތައްވެސް ހިމަނަންވާނެއެވެ.

"އީ-ފާސް" މެދުވެރިކޮށް ޕޯޓަލްއަށް ލޮގިންވާއިރު އެމީހާއި ގުޅުންހުރި މަޢުލޫމާތު ދައުލަތުގެ ޑިޖިޓަލް އާކައިވްގައި ހުރި މިންވަރަކުން މިޕޯޓަލުގެ ތެރެއިން ފެންނަން ހުންނާނެ ފަދަ ގޮތަކަށް ޕޯޓަލްއަށް ވަނީ ބަދަލުތައް ގެނެސްފައެވެ. މިހާރު އެކުލަވާލާފައިވާ ނިޒާމުގެ ތެރެއިން އެމީހެއްގެ ޙާލަތު ބަޔާން ކުރުމުގެ ފުރުޞަތު އަދި ބޭނުންވާ ލިޔެކިޔުންތައް ޙިއްސާ ކުރެވޭނެ ގޮތްވަނީ ހަމަޖައްސާފައެވެ.

އުސޫލުތައް ބުނާ ގޮތުން ފްލެޓް އަދި ގޯއްޗަށް ކުރިމަތިލެވޭނީ މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ މީހުންނަށެވެ. މި މުއްދަތު ބަލާނީ، 14 ޖެނުއަރީ 2026ގެ ނިޔަލަށެވެ. އަދި ޚާއްޞަ ހާލަތާ ގުޅިގެން މެދުކެނޑުމެއް އައިނަމަ، އޭގެ ސަބަބު ބަޔާންކޮށް ލިޔެކިޔުން ހުށައަޅަން ޖެހޭނެއެވެ.

ބޯހިޔާވަހިމަުގެ މި ޕްރޮގްރާމުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅޭނީ، އަންނަ މާރިޗު މަހުގެ 4ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ފްލެޓަށް އެދި ހުށަހެޅޭނީ، އޭޕްރީލް މަހުގެ 17ވަނަ ދުވަހުގެ ނިޔަލަށެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay