logo
އޭވީއެން ކޯޑިނޭޓޭޒް މީޓިންގެ ތެރެއިން -- ފޮޓޯ: އޭބީޔޫ

އޭވީއެން ކޯޑިނޭޓޭޒް މީޓިންގެ ތެރެއިން -- ފޮޓޯ: އޭބީޔޫ

އޭޝިއާ ވިޝަން ނިއުސް ކޯޑިނޭޓަރުންގެ ބައްދަލުވުން ބާއްވައިފި

profile

ރިޟްވާން މޫސާ - 23 ޖެނުއަރީ 2026 - 13:22

ނޫސްވެރިކަމާ ގުޅޭ މުހިންމު މަޝްވަރާތަކާ އެކު އޭޝިއާ ވިޝަން ނެޓްވޯކް (އޭވީއެން) ގެ މެންބަރު މީޑިއާތަކާ އެކު ކޮންމެ އަހަރަކު އެއްފަހަރު ބާއްވާ ކޯޑިނޭޓަރުންގެ، މި އަހަރުގެ ބައްދަލުވުން ފަށައިފި އެވެ.

https://wamco.com.mv/

މިއަހަރުގެ ބައްދަލުވުން ކުރިއަށްދަނީ މެލޭޝިއާގެ ކުއާލަލަމްޕޫރުގައެވެ.

އޭވީއެންއަކީ، އޭޝިއާ ޕެސިފިކް ބްރޯޑްކާސްޓިން ޔޫނިއަން (އޭބީޔޫ)ގެ ނިއުސް ޑިޕާޓްމާންޓުން ހިންގާ ޚާއްސަ މަންސަކެވެ. މިއީ އޭބީޔޫގެ މެންބަރު މީޑިއާތަކުގެ މެދުގައި އެ މީޑިއާއަކުން ކަވަރުކުރާ މުހިންމު ޚަބަރުތަކާ ބެހޭ ވީޑިއޯ ހިއްސާކޮށް، އޭޝިއާ ސަރަހައްދުގެ އެކި ގައުމުތަކުގައި ހިނގާ ކަންކަމުގެ ވީޑިއޯ ފަސޭހައިން ހޯދޭ ޕްލެޓްފޯމެކެވެ.

ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ބައްދަލުވުމުގައި ރާއްޖެއިން ބައިވެރި ވެފައިވަނީ ޖުމްލަ ދެ މީޑިއާއެކެވެ. އެއީ އެސްއެސްޓީވީ އާއި ޕަބްލިކް ސާވިސް މީޑިޔާ އެވެ.

އޭޝިއާ ސަރަހައްދުގެ ގިނަ ގައުމުތަކެއްގެ ބޮޑެތި މީޑިއާތަކުން ބައިވެރިވި މި ބައްދަލުވުމުގައި ބައެއް މީޑިއާތަކުގެ ތަޖުރިބާއާއި، އެ މީޑިއާތަކުގެ ނިއުސްރޫމްތަކުގައި މަސައްކަތްތައް ބައްޓަންކޮށްފައި ހުންނަ ގޮތުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވެއެވެ.

މި ބައްދަލުވުމުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކުރެވިދާނެ ގޮތްތަކާއި، ޒަމާނާ އެއް ފެންވަރަށް ނޫސްވެރިކަން ކުރިއެރުވޭނެ ގޮތްތަކާ ބެހޭ މައުލޫމާތު ވެސް ހިއްސާކޮށްފައިވެ އެވެ.

މީގެ އިތުރުން ފަސޭހައިން މައުލޫމާތު ލިބޭ މި ޒަމާނުގައި ނޫސްވެރިކަމުގައި ގެންގުޅެންޖެހޭ ހަމަތަކާއި، މައުލޫމާތު ހޯދައި ދެނެގަތުމުގައި ވިސްނަންވީ ކަންކަމުގެ މައުލޫމާތު ވެސް ދީފައިވެއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay