logo

ހުޅުދެލި ސިއްހީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތުގެ ބިންގާ އަޅައިފި

profile

މުޙައްމަދު ފަޟްލޫން - 23 ޖެނުއަރީ 2026 - 10:52

ދ.ހުޅުދެލީ ޞިއްޙީ މަރުކަޒަށް އަލަށް އިތުރު ކުރެވޭ އިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

https://wamco.com.mv/

މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވީ ޞިއްޙީ ވަޒީރު، ޢަބްދުالله ނާޒިމް އިބްރާހީމެވެ.

މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއޯއޯ ސީނާން ޢަލީ އާއި ހުޅުދެލީ ކައުންސިލް މެންބަރުނާއި އަދި ސަރުކާރުގެ އިދާރާތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫޢުގެ ދަށުން، 4،905 އަކަފޫޓުގެ އިމާރާތެއް ޞިއްޙީ މަރުކަޒަށް އަލަށް އިތުރުކުރަން ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، ވަށާ ފާރަކާއި، ޕޯޓިކޯއަކާއި، 225 އަކަފޫޓުގެ ބޭސް ފިހާރައެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއަކީ 10.06 މިލިއަން ރުފިޔާއަށް 720 ދުވަހުގެ ތެރޭގައި ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫޢެކެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay