logo
ނީލަން ފިހާރައިގައި މިއަދު ހިނގި އަލިފާނުގެ ހާދިޘާ - ފޮޓޯ އަދަދު

ނީލަން ފިހާރައިގައި މިއަދު ހިނގި އަލިފާނުގެ ހާދިޘާ - ފޮޓޯ އަދަދު

ނީލަން ފިހާރަ ހުޅުވާނެ ތަނެއް ކަނޑައަޅަނީ

profile

އަހުމަދު ޒަލީފު - 26 ޑިސެމްބަރު 2023 - 06:53

މާލޭގައި ނީލަން ފިހާރަ ހުޅުވާނެ ތަނެއް އަންނަ މަހު ކަނޑައަޅާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އާދަމް ޝަރީފް މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އާދަމް ޝަރީފް ވިދާޅުވީ މާލޭގައި މީގެ ކުރިން ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރަމުން އައި ފަރާތްތަކަށް ދަތިތަކެއް ދިމާވެފައިވާ ކަމަށެވެ. އެގޮތުން ނީލަން ފިހާރަ ހިންގަމުން އައި ފަރާތްތަކަށް އަލުން އެ ވިޔަފާރި ހިންގުމަށް އަންނަ މަހު ނީލަން ފިހާރަ ހުޅުވާނެ ތަނެއް ކަނޑައަޅައި އުސޫލުތަކެއް ހަމަޖެއްސުމުގެ މަސައްކަތް ކުރާނެ ކަމަށް ވިދާޅުވިއެވެ.

"ވިޔަފާރީގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ ނީލަން ފިހާރަތައް މިހާރު އޮތީ ހުއްޓިފައި. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު އަޅުގަނޑުމެންނަށް އިރުޝާދު ދެއްވާފަ އޮތީ މާލޭގައިވެސް އެކަށީގެންވާ ދިމާއަކުން ތަންތަން ކަނޑައަޅައި އެ ކަންތައްތައް ވީހާ އަވަހަކަށް ކުރިއަށް ގެންދިއުމަށް، މިކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައް އަޅުގަނޑުމެން މާލެސިޓީ ކައުންސިލާއި ގުޅިގެން ކުރަމުން މިދަނީ." އޭނާ ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ އަމާޒަކީ އަންން މަހު އެކަމަށްޓަކައި ޖާގަތައް ކަނޑައެޅި، އިއުލާންކުރެވި، އަދި އެތަންތަން ދޫކުރާނެ އުސޫލުތަކާއި ގަވާާއިދުތައް އިއުލާންކުރެވިގެން ދިޔުން ކަމަށެވެ.

ކުރީގެ އެއް ނަންބަރު ކުނިކޮށީގައި ހިންގަމުންދިޔަ ނީލަން ފިހާރައިގައި އަލިފާން ރޯވެ އެތަން ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފައެވެ. އަދި އެތަނުގައި ނީލަން ފިހާރަ ނުހިންގޭނެ ކަމަށް ކަނޑައެޅީ އޭރު މާލެސިޓީގެ މޭޔަރު އަދި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay