
ސެޕްޓެމްބަރު މަހު މީރާއަށް 3.01 ބިލިއަން ރުފިޔާ ލިބިއްޖެ

މުޙައްމަދު ފަޟްލޫން - 10 އޮކްޓޯބަރު 2025 - 10:35
ހުސްވި ސެޕްޓެމްބަރު މަހު މީރާއަށް 3.01 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
މީރާއިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ހުސްވި ސެޕްޓެމްބަރު މަހު މީރާއަށް ވަނީ 3.01 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިފައެވެ.
މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ލިބުނު އާމްދަނީ އަކީ ހުސްވި އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީ އަށް ވުރެ 30.7 އިންސައްތަ އިތުރު އަދަދެކެވެ.
ހުސްވި މަހުގައި މީރާއަށް ލިބުނު އާމްދަނީ އަކީ މިއަހަރުގެ މި މުއްދަތުގައި އަންދާޒާ ކުރި އާމްދަނީ އަށް ވުރެ 33.7 އިންސައްތަ އިތުރު އަދަދެކެވެ.
ހުސްވި މަހުގައި މީރާއިން ބަލައިގެން އާމްދަނީ އިތުރުވެފައިވަނީ ޓޫރިޒަމް ދާއިރާ ނޫން ދާއިރާތަކުގެ ޖީއެސްޓީ އާއި ރިސޯޓް ކުލީގެ އިތުރުން އެއަރޕޯޓް ޓެކްސް އާއި އެހެނިހެން ފީތަކުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެފައިވުމެވެ.
ސެޕްޓެމްބަރު މަހުގައި ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއެވެ.
ސެޕްޓެމްބަރު މަހުގައި ޖީއެސްޓީގެ ގޮތުގައި 1.22 ބިލިއަން ރުފިޔާ ނުވަތަ 40.5 އިންސައްތަ މީރާ މެދުވެރިކޮށް ދައުލަތަށް ވަނީ ލިބފައެވެ.
ހުސްވި މަހުގައި ދެވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް މީރާ މެދުވެރިކޮށް ދައުލަތަށް ލިބިފައިވަނީ ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީއިންނެވެ.
އެއީ 507.2 މިލިޔަން ރުފިޔާއެވެ.
ރިސޯޓްތަކުގެ ކުލީގެ ޓެކްސްގެ ގޮތުގައި 404 މިލިޔަން ރުފިޔާ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 204.3 މިލިޔަން ރުފިޔާ އާއި ޑިޕާރޗަރ ޓެކްސްގެ ގޮތުގައި 199.1 މިލިޔަން ރުފިޔާ އަދި ގްރީން ޓެކުހުގެ ގޮތުގައި 195.7 މިލިޔަން ރުފިޔާ ސެޕްޓެމްބަރު މަހުގައި މީރާއިން ވަނީ ބަލައިގަނެފައެވެ.
ސެޕްޓެމްބަރު މަހުގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 150.25 މިލިޔަން އެމެރިކާ ޑޮލަރު ހިމެނެއެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން