logo

ގޮއިދޫގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފަށައިފި

profile

މުޙައްމަދު ފަޟްލޫން - 13 އޮކްޓޯބަރު 2025 - 12:10

ށ ގޮއިދޫގައި އަލަށް އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

https://wamco.com.mv/

ގޮއިދޫގައި ސަރުކާރުން ގާއިމްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު ށ.އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެކަމަށްޓަކައި ބޭއްވި ހާއްސަ ރައްމިސްޔާތެއްގައެވެ.

ގޮއިދޫ ގައި ސަރުކާރުން އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ދާހިލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން އަދި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އެވެ.

މި ރަސްމިއްޔާތުގައި ގޮއިދޫ ކައުންސިލްގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަސައްކަތުގެދަށުން ގޮއިދޫގައި ފުލުހުން ޤާއިމުވެތިބެ، ޚިދުމަތް ދިނުމަށް އެކަށީގެންވާ އުމްރާނީ ވަސީލަތް ތަރައްޤީކުރެވޭނެއެވެ.

ސަރުކާރުގެ ޢަމާޒަކީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތަށް ޚާއްސަ މަރުކަޒުތައް ތަރައްޤީކުރުމެވެ.

https://wamco.com.mv/
https://www.aslu.com.mv