logo
މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޘިމް އިބްރާހިމް/ ފޮޓޯ: އަސްލު ޓީވީ

މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޘިމް އިބްރާހިމް/ ފޮޓޯ: އަސްލު ޓީވީ

ޑޮކްޓަރުކަން ކިޔަވާ ދަރިވަރުންނަށް އެއްވެސް ދަތިކަމެއްނެތި އިންޓާރންޝިޕް މިހާރު ލިބޭނެ: މިނިސްޓަރު

profile

އައިޝަތު އިބްރާހިމް - 11 ސެޕްޓެމްބަރު 2025 - 06:53

ޑޮކްޓަރުކަން ކިޔަވާ ދަރިވަރުންނަށް އިންޓާންޝިޕް ފުރުސަތު ލިބުމުގައި މިހާރު އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

އަސްލު ޓީވީގެ ބާބު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ، މި ސަރުކާރުގެ ކުރީކޮޅުގައި ރާއްޖެއިން ބޭރުން ޑޮކްޓަރުކަން ކިޔަވާ ކުދިން އިންޓާރންޝިޕް ހެދުމަށް ހުރި ގޮންޖެހުންތަކުގެ ޝަކުވާ ވަރަށް ގިނައިން ލިބުނު ކަމަށާއި ބައެއް ކުދިން ބައްދަލުކޮށްފައި ވެސް އެ ކަންބޮޑުވުންތައް ހިއްސާކުރި ކަމަށެވެ.

"ބައެއް ޤައުމުތަކުގެ ޔުނިވާރސިޓީތަކަކީ ހަމައެކަނި ތިއަރީ ބައި ކިޔަވައިދީފަ 1 އަޔރ އިންޓާރންޝިޕް އެބަ ހަދަން ޖެހޭ ޑޮކްޓަރަކު މަދުވެގެން ، އެފުރުސަތު ބައެއް ޤައުމުތަކުގަ ނުލިބޭ. ބައެއް ޤައުމުތަކުގެ ކަރިކިއުލަމްތައް ނޫނީ އެ ޕްރޮގްރާމްތައް ލިޔެފަ އޮންނަގޮތުން އެކަން ނުވަނީ." މިނިސްޓަރ ނާޘިމް

މިނިސްޓަރ ވިދާޅުވީ މުއާމަލާތުކުރުމުގެ ދަތިކަމުގެ ސަބަބުން ޕްރެކްޓިސްކުރުމުގެ ރަނގަޅު މާހައުލެއް ނުލިބޭ ކަމަށެވެ. އެކަމުގެދަތިކަން ޗައިނާގެ ބައެއް ހިސާބުތަކުންނާއި ރަޝިޔާއިންވެސް ކުރިމަތިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންކަމުން ދިވެހި ކުދިން ތިއަރީ ބައި ނިންމާފަ އައިސް އިންޓާރންޝިޕްގެ ބައި ފުރިހަމަކުރަން ޖެހެނީ އިނގިރޭސި ބަހުން މުއާމަލާތުކުރާ ޤައުމަކުން ނުވަތަ ދިވެހި ރާއްޖޭގައިކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުވެސް އޭގެ ކުދިން ކޮޅަކާ ބައްދަލުކުރިން އެކުދިންގެ ކަންބޮޑުވުމަށް ހައްލުހޯދައިދިނުމަށްޓަކައި ކުރެވުނު މަސައްކަތުގެ ތެރެއިން ސަރުކާރުން ނިންމެވީ އެކަން ހައްލުކުރުމަށްޓަކައި ދެ ފިޔަވަޅެއް އެޅުއްވި" މިނިސްޓަރ ނާޘިމް

މިނިސްޓަރު ވިދާޅުވީ، އެގޮތުން ސަރުކާރުން މިހާރު ވަނީ ބަންގްލަދޭޝްގެ އިތުރު ފަސް ޔުނިވާސިޓީއަކުން ދިވެހި ދަރިވަރުންނަށް އިންޓާންޝިޕް ފުރިހަމަ ކުރުމުގެ ފުރުސަތު ހޯދައިދީފައި ކަމަށެވެ. އަދި ދިވެހި ކިޔަވާ ކުދިން އެދެމުންދާ މިންވަރަކުން މިނިސްޓްރީން ފޮރިން މިނިސްޓްރީ މެދުވެރިކޮށް ދިވެހި ކުދިިން ކިޔަވަން ދިއުމުގެ ފުރުސަތު ފަހިކޮށްފެމުން ގެންދާކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ޑޮކްޓަރުކަން ކިޔަވަންދާ އެއްވެސް ކުއްޖަކު މިހާރު އިންޓާރންޝިޕް ލިބުމުގެ ދަތިކަމުގައި ހުންނަން ނުޖެހޭނެ ކަމަށެވެ.

"ދެން އަނެއް ކަމަކަށް މިކުރި ކަމަކީ ދިވެހިރާއްޖޭގައި މި ކެޕޭސިޓީ ފުޅާކުރުމަށްޓަކައި ސަރުކާރުން ނިންމެވީ ރައީސް ނިންމެވި އެއްކަމަކީ، އައްޑޫ އަތޮޅު ހޮސްޕިޓަލުގަޔާއި ހުޅުމާލެ ހޮސްޕިޓަލުގައި މިކަން ފެށުން. އެހެންވީމަ މި ދެހޮސްޕިޓަލުގައިވެސް މިހާރު ފެށިގެން ކުރިއަށް އެބަދޭ.އެހެންވީމަ އޭގެ މާނައަކީދަރުމަވަންތައާޢި އައިޖީއެމްއެޗްގެ އިތުރުން އައްޑޫ ހޮސްޕިޓަލުގަޔާއި ހުޅުމާލެ ހޮސްޕިޓަލުގައި މިކަން މިހާރު ކުރިއަށް އެބަދޭ" މިނިސްޓަރު ނާޘިމް

މިނިސްޓަރ ވަނީ ރާއްޖޭގައި ހުރި މެޑިކަލް ސްކޫލުންވެސް ކޮންމެ އަހަރަކު 30 އަކަށް ނުވަތަ 40 ހަކަށް ކުދިން ގްރެޖުއޭޓް ވާކަމަށާއި އެކުދިންނަށްވެސް އިންޓާރންޝިޕްގެ ފުރުސަތުދޭންޖެހޭކަން ފާހަގަކުރައްވާފައެވެ.

ރާއްޖެއިން އިންޓާރންޝިޕް ފުރިހަމަ ކުރުމުގައި ފުރުސަތު ދިނުމުގައި އިސްކަންދޭނީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީން ޑޮކްޓަރުކަން ކިޔަވާ ދަރިވަރުންނަށް ކަމަށެވެ. އަދި އެހެން ޤައުމުތަކުން އަންނަ ދަރިވަރުންނަށް އެހެނިހެން ފުރުސަތުތައް ހޯދާދޭ ސިޔާސަތެއް ގެންގުޅުއްވާކަމަށެވެ.

ދިވެހިރާއްޖެއިގެ ނޭޝަނަލް ޔުނިވާރސިޓީން ކިޔަވާ ދަރިވަރުގެ ޕްރޮގްރާމްގެ ތެރޭގައި ރާއްޖެއިން އިންޓާރންޝިޕް ފުރިހަކަ ކުރުމުގެ ޔަޤީންކަން ކަށަވަރުކުރުމަށްޓަކައި ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މިއީ އެހެން ދަރިވަރުން ބާކީކޮށްލުން ނޫންކަމަށެވެ.

ސިޔާސަތުތައް އެކުލަވާލެވި އެސިޔާސަތުތައް ތަންފީޒުކުރެވި އޭގެ ނަތީޖާ ދިވެހި ރައްޔިތުން ދެކެމުންދާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިހާރު ރާއްޖެއިން ބޭރުން ކިޔަވައިގެން އަންނަ ދަރިވަރުން އިންޓާރންޝިޕްގެ ކަންބޮޑުވުން އެއްވެސް ދަރިވަރެއްގެ މިހާރު ނޯންނާނެ ކަމަށް މިނިސްޓަރ ތަކުރާރުކޮށް ވިދާޅުވިއެވެ.

https://wamco.com.mv/
tel:+9607331319