logo

ސާފު ނަތީޖާ އަތުގައި އެބަ އޮތް - ރައީސް ސޯލިހު

profile

އަހުމަދު ޒަލީފު - 27 ޖެނުއަރީ 2023 - 13:08

ރައީސްގެ ކެމްޕެއިން ނިންމުމުގެ ގޮތުން ހުޅުމާލޭގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން

ރައީސްގެ ކެމްޕެއިން ނިންމުމުގެ ގޮތުން ހުޅުމާލޭގައި ބޭއްވި ބައްދަލުވުމުގެ ތެރެއިން

ވޭތުވެ ދިޔަ 3 ހަފްތާ ތެރޭގައި ވަރަށް ބުރަ މަސައްކަތްތަކެއް ކުރެވިއްޖެ ކަމަށާއި މާދަމާގެ ނަތީޖާ ވަރަށް ސާފުކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

"އެމްޑީޕީ ކުރިއަށް" ކެމްޕެއިން ނިންމުމުގެ ގޮތުން ހުޅުމާލޭގައި މިހާރު ކުރިއަށްދާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެމްޑީޕީ މެމްބަރުން ދެން ކުރަން އޮތް ކަމަކީ މާދަމާ ހެނދުނާ ނިކުމެ ވޯޓު ފޮއްޓަށް ވޯޓު އެޅުން ކަމަށާއި، މި އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވާނެ ކަމަށެވެ.

މާދަމާ އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ކާމިޔާބު ކުރެވިއްޖެ ނަމަ، މިއަހަރު ސެޕްޓެމްބަރ މަހު ބާއްވާ ރިޔާސީ އިންތިހާބު އެއްބުރުން ކާމިޔާބު ކުރެވޭނެ ފޯމިއުލާރ އެނގިވަޑައިގަންނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.

ރިޔާސީ އިންތިހާބުގެ ފޯމިއުލާއަކީ އެމްޑީޕީއާއި އެހެން ބަޔަކާއި ގުޅިގެން މަސައްކަތްކުރުން. ޕްރައިމަރީގައި ކާމިޔާބު ކުރެވިއްޖެނަމަ ސަރުކާރުން އެއްބުރުން އެކުލަވާލެވޭނެ ވަރުގެ ފޯމިއުލާ އެބައޮތް. ޕްރައިމަރީ ކާމިޔާބުވެއްޖެނަމަ ދެވަނަ ބުރަކަށްދާކަށް ނުޖެހޭނެ. އެއްބުރުން ވެރިކަން ކާމިޔާބު ކުރެނެ.- ރައީސް

ރައީސް ވިދާޅުވީ ޕްރައިމަރީގައި ރައްޔިތުން ނިންމާ ނިންމުމެއްގެ ސަބަބުން ޕީޕީއެމްގެ ސަރުކާރެއް އައިސްފިނަމަ މިހާރު ކުރިއަށްދާ މަޝްރޫތައް ހުއްޓުވާނެ ކަމަށެވެ. އެހެންކަމުން ޕްރައިމަރީގައި ގޮތް ނިންމާއިރު ރިޔާސީ އިންތިހާބާއި މެދުގައި ފުންކޮށް ވިސްނަން ވާނެ ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީ ކުރިއަށް" ކެމްޕެއިން ނިންމުމުގެ ގޮތުން ހުޅުމާލޭގައި ބޭއްވު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަލީ ނިޔާޒް ވިދާޅުވީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ކެމްޕެއިނަކީ ވަރަށް ހަރަކާތްތެރި ކެމްޕެއިނެއް ކަމަށާއި، މުޅި ރާއްޖެއިން ސާފު އަޣުލަބިއްޔަތަކުން މި އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay