logo

ފިޔާގެ ދަތިކަން ހައްލުކުރަން އަންނަ ހަފްތާގައި ޝިޕްމެންޓެއް ގެންނަނީ

profile

މަރްޔަމް އުމްނާ އިސްމާޢީލް - 17 ސެޕްޓެމްބަރު 2024 - 10:55

ބާޒާރުގައި މީހަކު ފިޔާ ގަންނަނީ

ބާޒާރުގައި މީހަކު ފިޔާ ގަންނަނީ

ފިޔާގެ ދަތިކަން ހައްލުކުރުމަށްޓަކައި ކުރިއަށް އޮތް ހަފްތާގައި ފިޔާގެ އިތުރު ޝިޕްމެންޓެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފިއެވެ.

މި ދުވަސްވަރު ބާޒާރުތަކުގައި ފިޔާ ލިބުން ދަތިވެ އަގުތައް ވަނީ އުފުލިފައެވެ.

އިއްޔެ ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އިސް ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ ފިޔާގެ އަގު އުފުލުނީ، އިންޑިއާ އިން ފިޔާ ލިބޭ ވަރު މަދުވުމުން ކަމަށެވެ.

ފިޔާގެ ދަތިކަން ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވަމުން ހީނާ ވިދާޅުވީ އަންނަ ހަފްތާގައި އެސްޓީއޯ މެދުވެރިކޮށް ފިޔާގެ ޝިޕްމެންޓެއް ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"... އިރާދަކުރެއްވިއްޔާ އަންނަ ހަފްތާގެ ހޮނިހިރު ނުވަތަ އާދީއްތަ ހިސާބުގައި އެސްޓީއޯ މެދުވެރިކޮށް ރާއްޖެއަށް އިތުރަށް ފިޔާ ގެނައުމުގެ މަސައްކަތް ކުރައްވަމުން އެބަގެންދަވާ." ހީނާ

އިންޑިއާ އިން ފިޔާ އެތެރެކުރެވޭ ވަރު މަދުވި މައިގަނޑު އެއް ސަބަބަކީ ފިޔާއަށް ދައްކަން ޖެހޭ އެކްސްޕޯޓް ޑިއުޓީ ބޮޑުކުރުމެވެ. އެއާ އެކު އިންޑިއާއިން ފިޔާ އެކްސްޕޯޓް ކުރާ ގައުމުތަކަށް ފިޔާ ލިބޭ ވަރު މަދުވެ، އެ ގައުމުތަކުގައި ފިޔާގެ އަގު އުފުލިގެން ދިޔައެވެ.

އެކަމަކު އިންޑިއާ ސަރުކާރުން ވަނީ އެކްސްޕޯޓް ޑިއުޓީ އަށް ގެނައި އެ ބަދަލު އުވާލާފަ އެވެ. އެއާ އެކު ވެސް ފިޔާގެ އަގު ދަށަށް ދާނެ ކަމަށް ބެލެވެ އެވެ. ދުނިޔޭގެ އެންމެ ބޮޑު ފިޔާ އެކްސްޕޯޓަރަކީ އިންޑިއާ އެވެ. ދާ ކަމަށް ސަރުކާރުން ބުނެފި އެވެ.

tel:+9607331319