logo

ޖުމްލަ 6,280 ބަސްތާ ފިޔާ މިއަދު މާލޭގެ ބާޒާރަށް ނެރެނީ

profile

އާމިނަތު ޝަފާ - 14 ސެޕްޓެމްބަރު 2024 - 14:50

ފިޔާ ލިބުމަށް ދިމާވި މައްސަލަ ހައްލުކުރުމަށް މަސައްކަތްތަކެއް އަންނަނީ ކުރަމުން

ފިޔާ ލިބުމަށް ދިމާވި މައްސަލަ ހައްލުކުރުމަށް މަސައްކަތްތަކެއް އަންނަނީ ކުރަމުން

މާލޭގެ ބާޒާރުގައި ފިޔާ މަދުވެފައިވާތީ އެ މައްސަލަ ހައްލުކުރުމަށް ޖުމްލަ 6،280 ބަސްތާ ފިޔާ މިއަދު މާލޭ މާކެޓަށް ނެރޭނެކަމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވެއްޖެއެވެ.

ވަޖީހު ވިދާޅުވީ މިދުވަސްވަރު މާލޭ ބާޒާރުގައި ފިޔާ މަދުވެގެން އުޅޭ ސަބަބަކީ، އިންޑިޔާއަށް މޫސުމް ގޯސްވުމުގެ ސަބަބުން ފިޔާ ދަނޑުތަކަށް ލިބުނު ގެއްލުން ތަކާ އެކު، އިންޑިޔާއިން ފިޔާ އެކުސްޕޯޓު ކުރުމަށް ޝޯޓޭޖެއް އުޅޭތީ ކުރިމަތިވި ކަމެއް ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.

މި ޝޯޓޭޖް އުޅެނީ ހަމަ އެކަނި ދިވެހި ރާއްޖެ އަކަށް އެކަނި ނޫންކަން ފާހަގަކުރައްވައި އަވަށްޓެރި ސްރީލަންކާއަށް ވެސް އިންޑިޔާއިން ފިޔާ އިމްޕޯޓު ކުރުމުގައި ދަތިތަކެއް ކުރިމަތިވި ކަމަށް ޚަބަރު ލިބެމުންދާކަމަށް ވަޖީހު ވިދާޅުވިއެވެ.

އެހެން ނަމަވެސް މިއަދުން ފެށިގެން މާލޭގެ ބާޒާރުގައި ފިޔާ ނެރެމުން ގެންދާ ކަމަށާއި އެގޮތުން އިންޑިޔާއިން އައި 2 ބޯޓު ކަމަށްވާ ބުލޫހާ ބޯޓުން 2،980 ބަސްތާ، އަދި އެމްވީ ނިއުމަތު-2 އިން 3،300 ބަސްތާއާއެކު ޖުމްލަ 6،280 ބަސްތާ ފިޔާ މިއަދު މާލޭގެ ބާޒާރަށް ނެރެމުން އެބަ ގެންދާކަމަށް އެމްޑީ ވަޖީހު ވިދާޅުވިއެވެ.

މީގެ އިތުރުން އިންޑިޔާއިން މާދަމާ މާލެ ވަންނަ ބޯޓުން ވެސް 3،300 ބަސްތާ ފިޔާ، މާލޭގެ ބާޒާރަށް ނެރޭނެކަމަށް އެމްޕީއެލްއިން މައުލޫމާތު ދެއެވެ.

އަދި މިދިޔަ ބުދަ ދުވަހު ހިތަދޫ ރީޖެނަލް ޕޯޓަށް ދިޔަ ކާގޯ ބޯޓުން ވެސް އައްޑޫ ސިޓީގެ މާކެޓަށް 1،180 ބަސްތާ ފިޔާ ނެރެފައިވާކަމަށް މައުލޫމާތު ލިބެއެވެ.

އިންޑިޔާގެ މޫސުމް ގޯސްވާ ބައެއްފަހަރު، ދަޑުތަކަށް ލިބޭ ގެއްލުން ތަކުގެ ސަބަބުން، ބާޒާރަށް ނެރޭ ފިޔާ މަދުވުމަކީ، ދޭތެރެ ދޭތެރެ އިން ހިގަމުން އަންނަ ކަމެކެވެ. އަދި ފިޔާ ލިބުން ދަތިވެ ބާޒާރުގައި އަގު މައްޗަށް ދިއުމަކީ އަބަދުވެސް ހިގަމުން އަންނަ ކަމެކެވެ.

tel:+9607331319