logo

ކުޅުންތެރިންގެ އިންޝުއަރެންސް ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަނީ

profile

އާމިނަތު ޝަފާ - 14 ސެޕްޓެމްބަރު 2024 - 08:45

ކުޅުންތެރިންނަށް އިންޝުއަރެންސް ދިނުމަކީ އަލަށް ކުރާކަމެއް

ކުޅުންތެރިންނަށް އިންޝުއަރެންސް ދިނުމަކީ އަލަށް ކުރާކަމެއް

ޤައުމީ ޓީމްތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އިންޝުއަރެންސްގެ ފައިސާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަން ހުށަހަޅައިފިއެވެ.

ރާއްޖޭގެ ޤައުމީ ޓީމްތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް އިންޝުއަރެންސް ހަމަޖައްސައިދެއްވުމަކީ ސަރުކާރުން މުހިންމު އިސްކަމެއްދެއްވައިގެން ކުރައްވާކަމެކެވެ.

ކުޅިވަރުގެ ތެރެއިން ކުޅުންތެރިންނަށް ލިބޭ އަނިޔާތަކަށް ފަރުވާ ހޯދުމަށް ގިނަ ހޭދަކުރަން ޖެހޭއިރު، އެކަމަށް ލުޔެއް ހޯދައިދިނުމަކީ މުހިންމުކަމެއް ކަމުގައި ސަރުކާރުން ދެކެއެވެ.

އިންޝުއަރެންސް އަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށްޓަކަައި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނަން ސަރުކާރުން ވަނީ ހުށަހަޅާފަ އެވެ.

ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކުގައި ދިވެހި އެތުލީޓުން ކޮންމެ އަހަރަކުންވެސް ވާދަކުރި ނަމަވެސް ކުރީ ސަރުކާރުތަކުން އެއްވެސް ބާވަތެއްގެ އިންޝުއަރެންސެއް ފޯރުކޮށްދީފައެއް ނުވެއެވެ.

tel:+9607331319