logo

ހަވަނަ ފްލޯރގެ ދޮރުގެ ބިއްލޫރިގަނޑެއް ވެއްޓި މީހަކަށް އަނިޔާވެއްޖެ

profile

އައިޝަތު އިނާޝާ - 18 ސެޕްޓެމްބަރު 2024 - 23:20

ޗެކްޕޮއިންޓެއްގައި ފުލުހަކު ހަރަކާތްތެރިވަނީ (ފޮޓޯ/ ފުލުހުން)

ޗެކްޕޮއިންޓެއްގައި ފުލުހަކު ހަރަކާތްތެރިވަނީ (ފޮޓޯ/ ފުލުހުން)

މާލޭގެ އިމާރާތެއްގެ ހަވަނަ ފްލޯރ ގެ ދޮރުގެ ބިއްލޫރިގަނޑެއް މަގުމައްޗަށް ވެއްޓި މީހަކަށް އަނިޔާވެއްޖެއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ ހަދިސާ ހިނގައިފައިވަނީ މ. ޖަހާމުގުރި ގޯޅީގަ ކަމަށެވެ.

ފުލުހުން ބުނީ ހާދިސާގެ ރިޕޯޓުކޮށްފައިވަނީ މިރޭ 19:12 ހާއިރުކަމަށެވެ.

ފުލުހުން ބުނީ މިހާދިސާގައި އަނިޔާވީ އެ ވަގުތު ސައިކަލެއް ޕާކުކުރަން އުޅުނު މީހަކަށް ކަމަށާއި އެގޮތުން ބިއްލޫރިގަނޑު ވެއްޓި ތަޅައިގެން ގޮސް އޭނާގެ ގަޔަށް ހެރުނީ ބުރައިގެންދިޔަ ބިއްލޫރިތައް ކަމަށެވެ.

ފުލުހުން ބުނީ މިހާދިސާގައި އަނިޔާވީ ދިވެހި ފިރިހެނަކަށް ކަމަށާއި، އޭނާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން އަންނަ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.


tel:+9607331319