logo

މީހަކު ރަހީނުކުރި މައްސަލައެއްގައި ސިފައިންގެ ދެ މީހަކު ބައިވެރިވި

profile

އާމިނަތު ޝަފާ - 18 ސެޕްޓެމްބަރު 2024 - 18:18

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

މީހަކު ރަހީނުކޮށް އޭނާއަށް ބޮޑެތި އަނިޔާތަކެއް ކުރުމުގައި ސިފައިންގެ ދެ މީހުން ބައިވެރިވެފައިވާކަމަށް ދިވެހި ފުލުހުން ބުނެފިއެވެ.

މި މައްސަލައިގައި 5 މީހަކު ހައްޔަރުކޮށްފައިވާއިރު މި މީހުންގެ ވަނަވަރު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ އާއްމުކޮށްފައެވެ.

މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުން:

އަލީ ސާމީ ، ރ. ކަނދޮޅުދޫ، މެހެރާ (26 އަހަރު )

އަހްމަދު ސާއިފް ވަހީދު ، ގދ. ގައްދޫ ، ހުދުވެލި (18 އަހަރު )

މުހައްމަދު ނައުޝާން ހުސެއިން ، ތ. ތިމަރަފުށި، އުތުރުގެ އާގެ (21 އަހަރު)

މުހައްމަދު ނަފާހް ، ކ. މާފުށި ، ފުލްމޫން ( 23 އަހަރު )

އަހްމަދު ޒަޔާން ، ލ. ގަން / ތުނޑިލިންކް ( 24 އަހަރު )

މި މައްސަލައިގައި ތުހުމަތުކުރެވޭ ނަފާހު އާއި ޒަޔާންއަކީ އެމްއެންޑީއެފްގައި ވަޒީފާއަދާކުރަމުންދާ ދެ މީހުންކަން ފާހަގަކޮށްލަން. އެކަމާ ގުޅިގެން އެމްއެންޑީއެފްއިން އަޅަންޖެހޭ ފިޔަވަޅުތައް އެމްއެންޑީއެފްއިން އަޅާނެ.

މިއަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުން ޖޫންމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ހުއްދަ ނޫން ގޮތުގައި މޭލޭގެ ގެއެއްގައި މީހަކު ރަހީނުކޮށް، އޭނާއަށް ބިރުދައްކައި، ގަދަކަމުން މަސްތުވާތަކެތީގެ ވިޔަފާރި ކުރުވައި، ޖިސްމާނީ ގޮތުން އެކި ކަހަލަ އަނިޔާތައްދީ، އޭނާގެ ވައަތު ކުޑަވާ އިނގިލި ބުރިކޮށްލި ކަމަށް ބުނާ މައްސަލައިގައި ޖޫން 25 ވަނަ ދުވަހު އެމީހާ ހުޅުމާލެ ހޮސްޕިޓަލަށް ގެންދިއުމުން، އެތަނުގައި އެވަގުތު ޑިއުޓީ ކުރަމުން ދިޔަ ފުލުހުންގެ ސަމާލުކަމަށް އައިކަމަށާއި ހާދިސާގައި އަނިޔާ ލިބިފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން މައުލޫމާތުދިނެވެ.

މި މައްސަލައިގައި 18 އަހަރު ނުފުރޭ ތިން ކުޑަކުއްޖަކުވެސް ބައިވެރިވެފައިވާކަމަށާއި މައްސަލައިގައި ހިމެނޭ އަހްމަދު ސާއިފް ވަހީދާއި، އަލީ ސާމީގެ އިތުރުން މުހައްމަދު ނައުޝާން ހުސެއިންއަކީ މަސްތުވާތަކެތީގެ ރިކޯޑް އޮތް މީހުންކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި އެންމެން މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައިކަމަށް ފުލުހުން މައުލޫމާތުދެއެވެ.

tel:+9607331319