logo

އެފްއޭއެމްގެ ފައިސާއިން ބައްސާމް 2 އެޕާޓްމަންޓް ގަނެފައިވޭ

profile

އާމިނަތު ޝަފާ - 18 ސެޕްޓެމްބަރު 2024 - 19:11

ބައްސާމް އަދީލް ޖަލީލް

ބައްސާމް އަދީލް ޖަލީލް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފައިސާއިން އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް 2 އެޕާޓްމަންޓް ގަނެފައިވާކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި މައްސަލައިގެ ތަހުގީގަށް މިހާތަނަށް ފާހަގަވެފައިހުރި ކަންކަން ހިއްސާކޮށް ފުލުހުންބުނީ ބައްސާމް ދެ އެޕާޓްމަންޓް ގަނެފައިވަނީ އަމީން އެވެނިއު އިން ކަމަށެވެ. ބައްސާމް ހިޔާނާތްތެރިވެފައިވަނީ 1.9 މިލިއަން ޑޮލަރުގެ ކޮވިޑް ރިލީފް ލޯނުގެ ފައިސާއިންކަން އެނގިފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ. މި ފައިސާއިން އެޕާޓްމަންޓް ގަތުމަށްފަހު ފައިސާގެ އަސްލު އޮޅުވާލުމަށް ލިޔެކިޔުންތަކަށް ބަދަލު ގެނެސްފައިވާކަން ފާހަގަކުރެވިފައިވާކަމަށްވެސް ފުލުހުން މައުލޫމާތުދެއެވެ.

"ޕީޖީ އޮފީހާއެކު މިއަންނަނީ އެޅެން ހުރި ފިޔަވަޅުތަކަކީ ކޮބާތޯ ބަލަމުން. އަދި ކޯޓު އަމުރެއް ނެރެފައެެއް ނުވާނެ ތަން ހިފަހައްޓަން"

އަމީން އެވެނިއު އިން ދެ އެޕާޓްމަންޓް ގަތުމަށް އެފްއޭއެމްގެ ފައިސާ އިން އެއް މިލިއަން އެމެރިކާ ޑޮލަރު ދައްކާފައިވާއިރު އެ ޑޮލަރަށްވާ ދިވެހި ފައިސާ ދެއްކިކަމަށް ހެދުމަށްޓަކައި ލިޔެކިޔުން ތައްޔާރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދިނެވެ. މީގެ އިތުރުން އެފްއޭއެމް އިން ވެސް އެ ފައިސާ ލިބުނުކަމަށް ހެދުމަށްޓަކައި ކުންފުންޏަކުން ލޯނެއް ނަގާފައިވާ ކަމަށާއި، އެ އަދަދާއި، އަމީން އިން އެފްއޭއެމް އަށް ފައިސާ ދެއްކިކަމަށް ބުނެ ތައްޔާރުކޮށްފައިވާ ރަސީދުގައިވާ އަދަދާ ދިމާވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެފްއޭއެމްގެ ހިޔާނާތް ބައްސާމްގެ މައްޗަށް ސާބިތުވެއްޖެނަމަ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށްލާނެއެވެ.

https://int.etukuri.mv/
tel:+9607331319