logo

ހަށިވިއްކުމުގެ މައްސަލައެއްގައި ފަސް މީހަކު ހައްޔަރުކޮށްފި

profile

އައިޝަތު އިނާޝާ - 07 ނޮވެމްބަރު 2024 - 18:11

ސަރާ ސެލޫން އެންޑް ސްޕާގައި ހަށިވިއްކާ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި މީހުން

ސަރާ ސެލޫން އެންޑް ސްޕާގައި ހަށިވިއްކާ ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރި މީހުން

ހެންވޭރު ގެއެއްގައި ހިންގާ ސަރާ ސެލޫން އެންޑް ސްޕާގައި ހަށިވިއްކާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިމަހުގެ 5 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ދިވެހި ފިރިހެނަކާއި ތައިލޭންޑް ހަތަރު އަންހެނުންނެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. ކަނޑުހުޅުދޫ / ޕާކީޒާ، މުޙައްމަދު ޢިމްރާން (42އ)، ސަލިނީ ޔަމްޑީ (30އ)، ޗަޔަނިޓް ޕިލާ (30އ)، ވިލައިޕޯން ކޮޓްވޮންގް (24އ) އަދި ތިޕްސުދާ ސަންގްހަމް (33އ) އެވެ.

މި މައްސަލައާ ގުޅިގެން މި ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ތިޕްސުދާ ސަންގްހަމް 15 ދުވަހަށް އަދި ދެންތިބި ހަތަރު މީހުން ހަތް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދިޔަ 6 ބިދޭސީއަކު ރާއްޖެ ނާދެވޭގޮތަށް އިމިގްރޭޝަނުން ވަނީ ޑިޕޯޓުކޮށްފައެވެ. މޯލްޑިވްސް އިމިގްރޭޝަނުން އޭރު ބުނީ، އިތުރު 3 ބިދޭސީއަކު ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.ގެ ވިޔަފާރިކުރަމުންދާ ބިދޭސީން ހޯދާ ފިޔަވަޅުއެޅުމަށް މޯލްޑިވްސް އިމިގްރޭޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތުންވަނީ ޚާއްސަ އޮޕަރޭޝަނެއް ފައްޓަވާފައެވެ. މިގޮތުން މިދިޔަ މަހުގެ ތެރޭގައި މިފަދަ 5 މައްސަލައަކާއި ގުޅިގެން ބިދޭސީ 7 އަންހެނުން އަދި އޭޖެންޓުންގެ ގޮތުގައި މަސައްކަތްކުރަމުންދިޔަ ބިދޭސީ 2 ފިރިހެނުންވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިކަމަށް އެއިދާރާއިން ވިދާޅުވެއެވެ. އަދި މި މައްސަލަ ތަޙުގީގުކޮށް މީގެތެރެއިން 5 އަންހެނުންނާއި 1 ފިރިހެނަކު ރާއްޖޭގައި ހަށިވިއްކުމުން އަނބުރާ ރާއްޖެ ނާދެވޭގޮތަށް ޑީޕޯޓުކޮށްލާފައިވާކަމަށް އިމިގްރޭޝަނުންވަނީ ހާމަކުރައްވާފައެވެ. އަދި މިމައްސަލައިގައި ހިމެނޭ އަނެއް 3 ބިދޭސީންވެސް ޑީޕޯޓުކުރުމުގެ މަސައްކަތް އިމިގްރޭޝަނުން ދަނީ ކުރަމުންނެވެ.

https://wamco.com.mv/
tel:+9607331319