logo

މަސްމާރުކޭޓު ސަރަހައްދުގައިނުގަވާއިދުން އުޅުނު 39 ބިދޭސީއެއް އިމިގްރޭޝަންގެ ބަންދަށް

profile

އައިމިނަތު ރޫޔާ - 19 ނޮވެމްބަރު 2024 - 12:35

މަސްމާރުކޭޓު ސަރަހައްދުގައިނުގަވާއިދުން  އުޅުނު 39 ބިދޭސީ އެއް އިމިގްރޭޝަނުން ބަންދުކޮށްފި-- ފޮޓޯ: އިމިގްރޭޝަން

މަސްމާރުކޭޓު ސަރަހައްދުގައިނުގަވާއިދުން އުޅުނު 39 ބިދޭސީ އެއް އިމިގްރޭޝަނުން ބަންދުކޮށްފި-- ފޮޓޯ: އިމިގްރޭޝަން

މަސްމާރުކޭޓު ސަރަހައްދުގައިނުގަވާއިދުން އުޅުނު 39 ބިދޭސީއެއް އިމިގްރޭޝަނުން ބަންދުކޮށްފިއެވެ.

ސަރުކާރަށް އެެއް އަހަރުވުމުގެ ކުރިއަށް ގަވަާއިދާ ޙިލާފަށް އުޅޭ 5000 ބިދޭސީން ޑީޕޯޓްކޮށްލެވޭނެ ކަމުގެ ޔަގީންކަން އިމިގްރޭޝަނުން ވަނީ ދީފައެވެ.

އިމިގްރޭޝަންގެ ކޮންޓްރޯލާރ މުހައްމަދު ޝައްމާން ރޭ ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަސް މާރުކޭޓު ސަރަހައްދުގައި ބިދޭސީން ވިޔަފާރިކޮށް ކޮންޓްރޯލް ކުރަމުންދިޔަ މަސް ބޯޓުތަކާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވާތީ ޓާސްކު ފޯހުން އެ ސަރަހައްދުގައި އަޅާފައިވާ މަސް ބޯޓުތައް ބަލައި ފާސްކޮށް 39 މީހަކު އިމިގްރޭޝަންގެ ބަންދަށް ގެންގޮސްފައިވާ ކަމަށެވެ.

ރާއްޖެގައި ގަވާއިދާ ޚިލާފަށްަ އުޅޭ ބިދޭސިންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ދަނީ އިމިގްރޭޝަންއާއި ފުލުހުންނާއި ގުޅިގެން ގިނަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.

އިމިގްރޭޝަނުން ވަނީ ގަވާއިދާ ޚިލާފަށް ރާއްޖޭގެ ބޯޑަރު ހުރަސްކުރަން ގިނަ ބަޔަކު މަސައްކަތްކުރާކަން ފަހާގަކޮށްފައެވެ. އެގޮތުން މިއަހރުގެ މިހާތަނަށް 51 ބިދޭސީއަކު ނުގަވާއިދުން ރާއްޖޭގެ ބޯދަރު ހުރަސްކޮށް މަސައްކަތްކޮށްފަިއވާކަން އިމިގްރޭޝަނުން ވަނީ ފާހަގަކޮށްފައެވެ.



https://int.etukuri.mv/
tel:+9607331319