logo

އެއް ދުވަސްތެރޭ 1000 އަށް ވުރެ ގިނަ ވޯކް ވިސާ ދޫކޮށްފި

profile

އައިމިނަތު ރޫޔާ - 30 އޮކްޓޯބަރު 2024 - 17:45

ފޮޓޯ: އިމިގްރޭޝަން

ފޮޓޯ: އިމިގްރޭޝަން

އިއްޔެ އެކަނި އިމިގްރޭޝަނުން 1069 ވޯކް ވިސާ ދޫކޮށްފިއެވެ.

މިއީ ފަހުގެ ތާރީޚެއްގައި އެއް ދުވަހެއްގައި އެންމެ ގިނަ ވޯރކް ވިސާ ދޫކުރި ދުވަހެވެ.

އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނާއި ކަމާ ގުޅުން ހުރި އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން، ގަވާއިދާ އެއްގޮތަށް ބިދޭސީންގެ ވިސާގެ ކަންކަން ފުރިހަމަ ކުރާ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުތުވެފައި ކަމަށެވެ.

އިމިގްރޭޝަނުން ބުނީ އިއްޔެއަކީ ރެކޯޑު އަދަދަކަށް ވިސާ ދޫކޮށްފައިވާ ދުވަހެއް ކަމަށެވެ.

އިމިގްރޭޝަނުން ބުނީ ވޯރކް ވިސާއަށް އެދޭ ފަރާތްތަކުން އެޕޮއިންޓްމަންޓް މެދުވެރިކޮށް ހުށަހަޅާއިރު "އެންޓް ކިއު" މެދުވެރިކޮށް ޓޯކަނެއް ނަގަންޖެހޭނެ ކަމަށެވެ. ޓޯކަން ދޫކުރާނީ ހެނދުނު 8:30 އިން 11:00 އަށް ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.

ވިސާގެ މައްސަލަތަކަށް ހައްލު ހޯދުމަށް އިގްރޭޝަނުން ވަނީ މިދިޔަ މެއި މަހު "އެންޓި ކިއު" ގެ ނަމުގައި އޮންލައިން އެޕްލިކޭޝަނެއް ތަޢާރަފް ކޮށްފައެވެ.

ގަވާއިދާ ޙިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒާކެވެ. އެގޮތުން އިމިގްރޭޝަނުންނާއި ފުލުހުން ދަނީ ނުގަވާއިދުން އުޅޭ ބިދޭސީންތައް ދެނެގަތުމަށް ހާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.

https://wamco.com.mv/
tel:+9607331319