މަސްވެރި އުފެއްދުންތައް ޕްރޮމޯޓްކުރަން ބްރޭންޑެއް ހަދަނީ
މަރްޔަމް އުމްނާ އިސްމާޢީލް - 09 ސެޕްޓެމްބަރު 2024 - 06:53
މަސްވެރިކަން
ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތާއި، މަސްވެރި އުފެއްދުންތައް ޕްރޮމޯޓްކުރުމަށްޓަކައި ހާއްސަ ބްރޭންޑެއް ޑިވެލޮޕްކުރާނެ ބަޔަކު ހޯދަން އިއުލާނުކޮށްފި އެވެ.
މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ލިމިޓެޑް (އެމްއެފްއޯއާރުއެމްޕީސީ)ން ކޮށްފައިވާ އިއުލާނެއްގައި ވަނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތާއި މަސްވެރ އުފެއްދުންތައް ޕްރޮމޯޓްކުރާނެ ބްރޭންޑެއް ޑިވެލޮޕްކުރަން ބޭނުންވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލާފަ އެވެ.
އެ ކުންފުނީގެ އިއުލާނުގައި ބުނެފައިވަނީ ތަޖުރިބާ ހުރި އޭޖެންސީތަކަަށް މި މަހުގެ 22 ވަނަ ދުވަހުގެ 11:00 ގެ ނިޔަލަށް ޕްރޮޕޯސަލް ހުށަހެޅޭނެ ކަމަށެވެ.
ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނީ އެ ކުންފުނީގެ އޮފީހަށެވެ.
ކުންފުނީގެ ގާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް އުފެއްދެވީ މިއަހަރުގެ އޭޕްރިލް މަހު އެވެ.
އެ ކުންފުނި އުފެއްދެވީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު އިތުރަށް ފުޅާކޮށް މުޖުތަމައަށް އެ ސިނާއަތުން ލިބިދޭ މަންފާ އިތުރުކުރުމަށްޓަކައި އެކުއަކަލްޗާއާއި މެރިކަލްޗާ ފަދަ ކަނޑުފަޅުގެ ވަސީލަތްތަކުން އުފައްދާ އުފެއްދުންތައް ހިމެނޭ ގޮތަށް ރާއްޖޭގައި ކުރާ މަސްވެރިކަމުން އުފައްދާ އުފެއްދުންތައް ބައިނަލްއަގްވާމީ ބާޒާރުގައި އިޝްތިހާރުކޮށް ޕްރޮމޯޓްކުރުމުގެ މަގްސަދުގަ އެވެ.
އެ ކުންފުނީގެ މެންޑޭޓުގައި ރާއްޖޭގެ މަސްވެރިކަމަށް ޚާއްޞަ ބްރޭންޑެއް ތަޢާރަފުކޮށް، ޤައުމީ ބާޒާރާއި ބައިނަލްއަގްވާމީ ބާޒާރަށް ނެރުމާއި، ފެންވަރު ރަނގަޅު އަދި މަތީ އަގު ލިބޭ ތަފާތު ބާޒާރުތަކުގައި ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށް ހިއްސާ ހޯދުން ހިމެނެ އެވެ.
ގުޅުން ހުރި ޙަބަރުތައް
6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން
ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން
އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން
ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން