logo

ގުޅިގެން މަސައްކަތްކުރަން ޤައުމީ ޔުނިވާސިޓީއާއި އިސްލާމިކް މިނިސްޓްރީ އެއްބަސްވުމަކަށް

profile

ޒިދާން މުޙައްމަދު - 26 ސެޕްޓެމްބަރު 2024 - 14:45

އިސްލާމިކް މިނިސްޓްރީއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި ފަހުމުނާމާގައި ސޮއިކުރުން އޮތީ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ.

މި ފަހުމުނާމާ ބިނާކޮށްފައިވަނީ އެކި ދާއިރާތަކުން އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމާ ގުޅޭ ގޮތުންނެވެ.

މި އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި ޤައުމީ ޔުނިވާސިޓީގެ ފަރާތުން ސޮއި ކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒު އާދަމްއެވެ.

މި ފަހުމުނާމާގައި ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ޤައުމީ ޔުނިވާސިޓީން ދިވެހި ރައްޔިތުން ތަޢުލީމީ މަތީ ހަރުފަތަކަށް ގެންދިއުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަކީ ވަރަށް އަގުހުރި މަސައްކަތްތަކެއް ކަމަށާއި އެކަން ބަލައިގަންނަ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، މިކަންކަމުގައި ވުޒާރާގެ ފަރާތުން ދެވެން ހުރި އެއްބާރުލުމެއް ކުރިއަށް އޮތްތަނުގައި ވެސް ދެމުން ގެންދާނެ ކަމަށާއި، ސްކޮލަރޝިޕްގެ ފުރުސަތުތައް ހޯދައިދެއްވުމަށްވެސް ވުޒާރާއިން މަސައްކަތް ކުރައްވާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒު ވިދާޅުވީ، މި ފަހުމުނާގެ ސަބަބުން ޤައުމީ ޔުނިވާސިޓީގެ ދަރިވަރުންނަށާއި ޢިލްމުވެރިންނަށް އާ ދޮރުތަކެއް ހުޅުވި، މުޖްތަމަޢަށް އެހީތެރިންކަން ފޯރުކޮށްދިނުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

https://int.etukuri.mv/
tel:+9607331319