
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. ޝަހީމް
އަންނަ އަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ އެންމެން ވެސް ނަމާދަށް ލޯބި ޖެއްސުމަށް: މިނިސްޓަރު

ޝާމާ ޝުޢައިބު - 22 ނޮވެމްބަރު 2024 - 17:52
އަންނަ އަހަރު އެންމެ ބޮޑު އިސްކަމެއް ދޭނީ ހުރިހާ ސަރަހައްދެއްގައި ވެސް ހުރިހާ އުމުރުފުރައަށް އަމާޒުކޮށް، ރައްޔިތުން ނަމާދު ކުރަން އަހުލުވެރިކުރުވުމަށާއި ނަމާދަށް ލޯބި ޖެއްސުމަށް ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
މީޑިއާތަކާ ހިއްސާކުރެއްވި މެސެޖެއްގައި މިނިސްޓަރު ވިދާޅުވީ 2025 ވަނަ އަހަރު އިސްލާމިކް މިނިސްޓްރީގެ ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްލޭންގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ހުރިހާ ސަރަހައްދެއްގައި ވެސް ހުރިހާ އުމުރުފުރައަށް އަމާޒުކޮށް ނަމާދު ކުރަން އަހުލުވެރިކުރުވުމަށާއި ނަމާދަށް ލޯބި ޖެއްސުމަށް ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ފާއިތުވި އެއް އަހަރުގެ ތެރޭގައި އިސްލާމީ ހިދާޔަތާއި ދީނީ އަގީދާގެ ދާއިރާއިން ވަރަށް ގިނަ ކާމިޔާބީތަކެއް ހާސިލުކުރެވިފައިވާ ކަމަށެވެ.
ރައީސް ޑރ. މުޢިއްޒުގެ މެނިފެސްޓޯގައި އިސްލާމީ ނޫރާއި ދީނީ އަގީދާގެ ދާއިރާއަށް މުހިންމު އިސްކަމެއް ދެއްވައިފައިވާ އިރު، މި ކަންކަން ތަންފީޒުކުރެއްވުމަށްޓަކައި އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމްގެ މޭސްތިރިކަމުގެ ދަށުން އެ މިނިސްޓްރީން ގިނަ ކަންތައްތައް ކޮށްފައިވާ ކަން މިނިސްޓްރީން ފާހަގަކުރެއެވެ.
އެގޮތުން ކޮންމެ ރަށެއްގެ މައި މިސްކިތުގައި އިސްލާމިކް ލައިބްރަރީއެއް ޤާއިމުކުރުމާއި، ދީނީ ތަރުބިއްޔަތާއި އަޚްލާޤުގެ ފިލާވަޅުތައް ނަގާދޭ ތަނަކަށް ހަދައި، މިސްކިތް ތަކަކީ ނަމާދުކުރުމުގެ އިތުރުން ތަފާތު އިސްލާމީ ޚިދުމަތްތަކެއް ލިބެންހުންނަ ތަނަކަށް ހެދުމުގެ މަސައްކަތް ކޮށްފައިވާ ކަމަށާ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ތަރައްޤީކޮށް، ޙައްޖު ފަންޑު ޝަރީޢާ ހުއްދަކުރާ ދާއިރާތަކުގައި އިންވެސްޓްކޮށް، ލުއި އަގެއްގައި ޙައްޖަށް ދިއުމުގެ މަގު ފަހިކޮށްދެވިފައިވާ ކަން އެ މިނިސްޓްރީން ފާހަގަކުރެއެވެ.
އޭގެއިތުރުން، ކީރިތި ޤުރުއާން ކިޔަވާން ދަސްކޮށްދޭ ހިލޭ ކްލާސްތައް ވަރަށް ބޮޑަށް އިތުރުކޮށް، ފުޅާކުރުމުގެ މަސައްކަތާ، ފަޤީރުންނަށް ދައުލަތުން ހިލޭ ޙައްޖު އަދާކުރާނެ ސްކީމެއް ތަޢާރަފުކޮށް، ފަސް އަހަރުގެ ތެރޭގައި ޖުމްލަ 1000 ފަޤީރުން ދައުލަތުގެ ޚަރަދުގައި ޙައްޖުވުމުގެ ފުރުޞަތު ތަނަވަސްކޮށްދެވިފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ހަނގުރާމަ ނިންމުމަށް އީރާނުން ޔުރޭނިއަމް މުއްސަނދިކުރުން ބޮޑުތަނުން މަދުކުރަންޖެހޭ: އެމެރިކާ
ގަޑިއިރެއް ކުރިން

ރަސްމާލެއިން 500 ހެކްޓަރުގެ ބިން އީގަލްސް ހިލްސްއަށް ދިނުމާ ދެކޮޅަށް މުޅި ޤައުމު އެކީ ތެދުވަންޖެހޭ!
ގަޑިއިރެއް ކުރިން

ޕްރައިމަރީގައި ރަނިންމޭޓުން އިއުލާނުކުރާތީ ރައީސް ނަޝީދުގެ ކަންބޮޑުވުން
4 ގަޑިއިރު ކުރިން

ރުގުޔާ ކުރުމުގެ ނަމުގައި މަހާނަ ކޮނުމަކީ ދީނުގައި ހުއްދަކަމެއް ނޫން: މިނިސްޓަރު ޝަހީމް
5 ގަޑިއިރު ކުރިން


