logo

މަސްވެރިއެއްގެ ހާލު ދެރަވެގެން ސިފައިން އެހީތެރިކަން ފޯރުކޮށްދީފި

profile

އިސްމާއިލް ފާރިޝް - 13 ފެބްރުއަރީ 2023 - 12:39

މަސްދޯންޏެއްގައި ހުރި މަސްވެރިއެއްގެ ހާލު ދެރަވެގެން ސިފައިން އެހީތެރިކަން ފޯރުކޮށްދީފި އެވެ.

https://wamco.com.mv/

އެމްއެންޑީއެފުން މިއަދު ބުނީ މަސްވެރިކަމަށް ނުކުމެ އުޅުނު "އަރާކުރި" ނަމަކަށް ކިޔާ މަސް ދޯނީގައި ހުރި އުމުރުން 56 އަހަރުގެ ފަޅުވެރިޔެއްގެ ހާލުދެރަވެގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

ހއ.ހޯރަފުށީގެ 63 ނޯޓިކަލް މޭލު ބޭރުން އެ ދޯނި މަސްވެރިކަން ކުރަމުން ދަނިކޮށް، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއަށް ފަޅުވެރިޔާގެ ހާލު ދެރަވެގެން އުޅޭކަމުގެ މަޢުލޫމާތު ލިބުނީ ރޭގެ ފަތިހު 03:45 ހާއިރުއެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން، ސީ އެމްބިއުލައިންސްގައި ހާލު ދެރަވި ބަލިމީހާ ވަނީ މިއަދު 12:45 ހާއިރު ހއ. ހޯރަފުށި ހެލްތު ސެންޓަރަށް ގެންގޮސްދީފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay