logo

ޢީދު ކުޅިވަރުތަށް ބަލާލުމަށް ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ފަރާ ޚާން ރާއްޖެއަށް

profile

އައިޝަތު އިބްރާހިމް - 06 ޖޫން 2025 - 11:03

މިއަހަރުގެ އަޞުޙާ ޢީދުގެ ކުޅިވަރުތައް ބަލާލުމަށް އިންޑިޔާގެ މަޝްހޫރު އެކްޓަރ ޑައިރެކްޓަރ ފަރަޙް ޚާން މާލެ އަތުވެއްޖެއެވެ.

https://wamco.com.mv/

އެމްއެމްޕީއާރުސީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓްގައި ބުނެފައިވަނީ، ރާއްޖޭގެ ދިރިއުޅުމާއި ޢީދު ކުޅިވަރުތައް ބަލައިލުމަށް ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު ފަރާ ޚާން ރާއްޖެ އައިސްފައިވާ ކަމަށެވެ.

ރާއްޖެއިން ވަނީ ފަރަޙް ޚާންއަށް މެޙްމާންދާރީ އަދާކުރަން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ. ފަރަހް ރާއްޖެ އައިސް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަ ރާއްޖޭގެ މޮނިއުމެންޓް ކައިރީގައި އެމްއެމްޕީއާރުސީގެ ޗެއާޕާސަން އަބްދުﷲ ޤިޔާސް ރިޔާޒާއި ސީއީއޯ އިބްރާހިމް ޝިއުރީ އާއި އެކު ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް އެމްއެމްޕީއާރުސީން ބުނީ ބުނީ ރާއްޖޭގެ ރަށްފުށުގެ ދިރިއުޅުން ފަރާއަށް ދައްކާލުމަށް ކެތްމަދުވެފައިވާކަމަށެވެ.

ރާއްޖޭގެ ރަށްރަށުގައި މިފަހަރު ބާއްވާ ބޮޑު ޢީދުގެ ކުޅިވަރުތައް ޝޫޓުކުރަން މި މަހު 5 ވަނަ ދުވަހުން ފެށިގެން 8 ވަނަ ދުވަހާއި ހަމައަށް ފަރަހް ރާއްޖޭގައި މަޑުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެމްއެމްޕީއާރްސީން ބުނީ މިއީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓްކުރުމަށް ފަރަހްއާއި ގުޅިގެން ކުރިއަށް ގެންދާ ޚާއްޞަ ޕްރޮޖެކްޓެއްގެ ދަށުން ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ.

މި ޕްރޮޖެކްޓުގެ ދަށުން ރަށްފުށުގެ ސަޤާފަތް "ކޮމެޑިކް ނެރޭޓިވް"އަކުން ގެނެސްދޭނެ ކަމަށް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ. އެހެންނަމަވެސް ފަރަހް ދަނީ ކޮން ރަށްރަށަކަށް ކަމެއް އެމްއެމްޕީއާރުސީ އަދި ފަރަހްވެސް ހިއްސާކޮށްފައެއް ނުވެއެވެ.

https://wamco.com.mv/
https://www.aslu.com.mv