logo

"ފަށާ މަދަދު" ލޯން ސްކީމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި

profile

އާމިނަތު މޫސާ - 15 ޖޫން 2025 - 12:38

ވިޔަފާރީގައި ހަރަކާތްތެރިވާ އަންހެނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެކުލަވާލާފައިވާ "ފަށާ މަދަދު" ލޯން ސްކީމަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

https://wamco.com.mv/

މި ލޯން ސްކީމްއަށް 100 މިލިއަން ރުފިޔާ ދޫކުރުމަށް ހަމަޖެހިފައިވާ މިލޯން ސްކީމްގައި ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ ފަސް ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ފިޔަވައްސެއްގައި 20 މިލިއަން ރުފިޔާ ދޫކުރާނެއެވެ. އަދި މިލޯން ސްކީމްގެ 25 އިންސައްތަ ހާއްސަ ކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށެވެ. އޭގެ ދަށުން އަހަރަކު 6 އިންސައްތައިގެ އިންޓްރެސްޓާއެކު އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް 100،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ ޢަދަދަކަށް ލޯނު ދިނުމަށް ވަނީ ހަމަޖެހިފައެވެ. ލޯނަށް ގިނަވެގެން 12 މަސްދުވަހުގެ ގްރޭސް މުއްދަތެއް ލިބޭނެއެވެ. އަދި ލޯނު 7 އަހަރު ދުވަހަަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމު ވެސް ހަމަޖެހިފައިވެއެވެ.

މި ލޯނު ސްކީމްއަކީ ވިޔަފާރީގެ ދާއިރާގައި އަންހެނުން ބާރުވެރިކުރުމަށް އަންހެނުންނަށް ޚާއްޞަ ލޯން ސްކީމެއް ތަޢާރަފުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެލެއްވި ވައުދުފުޅާ އެއްގޮތަށް ކުރިއަށްގެންދާ ލޯން ސްކީމްއެކެވެ. މި ލޯން ސްކީމް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވަނީ ފަސް ފިޔަވައްސަކަށް ބަހާލައިގެންނެވެ. މި ސްކީމުގެ ދެވަނަ ފިޔަވަހީގައި ލޯނަށް އެދުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ އޮގަސްޓު މަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

ފަށާ މަދަދު ލޯނުން ފައިނޭންސް ކޮށްދިނުމަށް ހަމަޖެހިފައިވަނީ، އަންހެން ވިޔަފާރިވެރިންގެ ތެރެއިން އާމްދަނީ ކަށަވަރު ނުވުމުގެ ސަބަބުން ކޮންވެންޝަނަލް ބޭންކުތަކުން ހިދުމަތްލިބިދިނުމުގައި ދަތިތައް ދިމާވާ ފަރާތްތަކަށެވެ.

މި ސްކީމުގެ ދަށުން ހަ އިންސައްތަ އިންޓްރެސްޓް ރޭޓުގައި އަލަށް ވިޔަފާރި ފަށާ ފަރާތްތަކަށް 500،000 ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެއެވެ. މި ލޯނަށް އަނބުރާ ފައިސާ ދެއްކުމަށް 12 މަސް ދުވެހުގެ ގްރޭސް ޕީރިއަޑެއް ލިބެއެވެ. އަދި ހަތް އަހަރު ދުވަހަަށް ބަހާލައިގެން އަނބުރާ ފައިސާ ދެއްކޭނެ ގޮތް އެސްޑީއެފްސީން ވަނީ ހަމަޖައްސާފައެވެ.

އަންހެނުންނަށް ޚާއްސަކޮށްގެން ދޫކުރާ ލޯނަކީ އެސްޑީއެފްސީއާއި އިކޮނޮމިކް މިނިސްޓްރީގެ އިތުރުން ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ ގުޅިގެން ވިޔަފާރީގައި ހަރަކާތްތެރިވާ އަންހެނުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ސްކީމްއެކެވެ.

https://etukuri.mv/
https://www.aslu.com.mv