logo

ރާއްޖޭއަށް ބޭނުންވާ ބޭސް އެތެރެކުރުމުގެ ނިޒާމު ހަރުދަނާކުރުމަށް އެސްޓީއޯއިން ފިޔަވަޅުތަކެއް އަޅައިފި

profile

އާމިނަތު މޫސާ - 08 މޭ 2025 - 17:35

ރާއްޖެއަށް މެދުނުކެނޑި އަތްފޯރާ އަގެއްގައި މުހިންމު ބޭސްތައް ލިބޭނެ ގޮތް ހަދައިދިނުމަށް ސްޓްރެޓެޖިކް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

https://wamco.com.mv/

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވަނީ އިންޑިއާ ސަރުކާރުގެ މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީ ވެލްފެއަރގެ ދަށުން ހިންގާ ކުންފުންޏެއް ކަމަށްވާ އެޗްއެލްއެލް ލައިފްކެއަރ ލިމިޓެޑް އާއެކު އިންޑިއާގެ ޕްރަދާން މަންތްރީ ބާރަތިޔާ ޖަނައުޝަދި ޕަރިޔޯޖަނާ (ޕީއެމްބީޖޭޕީ) ނުވަތަ ޖަނައުޝަދި ސްކީމްގެ ދަށުން ރާއްޖެއަށް މެދުނުކެނޑި އަދި އަތްފޯރާ އަގެއްގައި މުހިންމު ބޭސްތައް ލިބޭނެ ގޮތް ހަދައިދިނުމަށް ވެވުނު ސްޓްރެޓެޖިކް އެއްބަސްވުމެކެވެ.

އެސްޓީއޯ އިން ބުނީ މި އެއްބަސްވުމަކީ ރާއްޖޭގައި ބޭސް މަދުވުމުގެ މައްސަލައަށް ސީދާ އަދި ދާއިމީ ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތެކެއްކަމަށެވެ.

ވޭތުވެދިޔަ ތަނުގައި ރާއްޖޭގައި މުހިންމު ބޭސްތަކެއް ލިބުން ދަތިވެ، ސިއްހީ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވެފައިވެއެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ހޯދަން އުނދަގޫ ބޭސްތައް ލިބޭނޭ އިންތިޒާމުތައް ހަޖެހިގެންދާނެކަމަށް އެސްޓީއޯ އިން ބުނެއެވެ. މިވަގުތު ރާއްޖެއަށް ބޭނުންވާ އަސާސީ ބޭސް ލިބުމުގައި ދިމާވެފައިވާ ދަތިތަކަށް ވަގުތީ ހައްލެއް ހޯދައިދެވިފަވާއި، އެޗްއެލްއެލް އާއެކު މި އައު ޕާޓްނަރޝިޕްގެ މަޤްސަދަކީ މިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ.

އެސްޓީއޯއިން ބުނީ ހުރިހާ ބޭހެއްވެސް ހުންނާނީ ޑަބްލިއު އެޗް އޯ މިންގަނޑުތަކާއި ރާއްޖެއަށް ބޭސް އެތެރެކުރުމަށް ހަދާފައިވާ ގަވަިދުތަކާއި އެއްގޮތަށެވެ.

މި ޕާޓްނަރޝިޕް ބިނާވެފައިވަނީ ކާމިޔާބު އެއްބާރުލުމުގެ ތާރީޚެއްގެ މައްޗަށް ކަމަށް އެސްޓީއޯއިން ބުނެއެވެ. ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި، އެޗްއެލްއެލް ލައިފްކެއަރ އިން އެސްޓީއޯ އަށް މުހިންމު ބޭސްތައް ފޯރުކޮށްދީ، ދިމާވާ ދަތި ހާލަތްތަކުގެ، ވަގުތުތަކުގައި އިތުބާރުހުރި އަދި ވަގުތަށް ޚިދުމަތްދޭ ޕާޓްނަރެއްކަން ސާބިތުކޮށްދީފައިވާ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

އެޗްއެލްއެލް އާއެކު ޕާޓްނަރޝިޕް ހެދުމުން، ރާއްޖެ މި ގުޅާލެވުނީ ދުނިޔޭގެ އެންމެ ފުޅާ ފާމަސިއުޓިކަލް ސަޕްލައި ޗެއިންތަކުގެ ތެރެއިން އެއް ޗެއިނާއެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay