ކޮޅުފުށި ފަތްކޭލުގެ ސްޓޮކެއް އެސްޓީއޭ އެގްރި ސެންޓަރަށް!
![profile](/_next/image?url=%2Flogo.png&w=3840&q=75)
އަހުމަދު ޒަލީފު - 08 ޖެނުއަރީ 2023 - 09:41
![ކޮޅުފުށިން ގެނައި ފަތްކެޔޮ ޝިޕްމަންޓް](/_next/image?url=%2Fpanel-content%2Fmedia%2Fe580dfa4-7e34-4a63-8607-14a930d9ec00.jpg&w=3840&q=75)
ކޮޅުފުށިން ގެނައި ފަތްކެޔޮ ޝިޕްމަންޓް
މ.ކޮޅުފުށީގައި ހައްދާ ފަތްކޭލުގެ ތާޒާ ސްޓޮކެއް އެގްރި ސެންޓަރަށް ލިބިއްޖެއެވެ.
5 ކިލޯއިން ފެށިގެން ހޯސް ސޭލްކޮށް ވިއްކާ މި ކޭލުގެ އަގަކީ ކިލޯއަކަށް 25 ރުފިޔާ އެވެ.
މ. ކޮޅުފުށިން ވަރަށް ތާޒާ ފަތްކެޔޮ ޝިޕްމެންޓެއް މިއަދުވަނީ ލިބިފަ. 😊
ހޯލް ސޭލް 25 ރުފިޔާ (5 ކިލޯއިން ފެށިގެން)
އޯޑަރު ކޮށްލެއްވުމަށް 3012640 އަށް ގުޅުއްވާލައްވާ، ނުވަތަ 7291130 ވައިބަރ ކޮށްލައްވާ ! pic.twitter.com/Qwhvkcxv41
— STO Agricenter (@stoagricenter) January 8, 2023
ހަފްތާއެއްތެރޭ އެގްރި ސެންޓަރ މެދުވެރިކޮށް ތަކެތި ވިއްކުމަށް 100 އަށްވުރެ ގިނަ ދަނޑުވެރިން ރަޖިސްޓްރީކޮށްފައިވާކަމަށް އެސްޓީއޯއިން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ
ދިވެހި ދަނޑުވެރިން ހައްދާ ތަކެތި ގަނެ، ދަނޑުވެރިންނަށް ހަމަ އަގު ހޯދައިދިނުމުގެ ބޭނުމުގައި އެސްޓީއޯއިން އެގްރި ސެންޓަރުގެ ނަމުގައި ސެންޓަރެއް ހުޅުވީ 2021 ވަނަ އަހަރުގެ އެޕްރީލް މަހުގެ 13 ވަނަ ދުވަހުއެވެ. އަދި އެތަން ހުޅުވިއިރު 200 އަށްވުރެ ގިނަ ދަނޑުވެރިން އެތަނުގައި ވަނީ ރަޖިސްޓްރީކޮށްފައެވެ.
އެސްޓީއޯގެ އެގްރި ސެންޓަރގެ އޮޕަރޭޝަންސް މެނޭޖަރ މުޙައްމަދު ޝަހާދު ވިދާޅުވެފައިވަނީ އެ ސެންޓަރު މެދުވެރިކޮށް ދަނޑުވެރިކަމުގެ އުފެއްދުންތައް ވިއްކުމަށް ގިނަ އަދަދެއްގެ ދަނޑުވެރިން ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށެވެ. އަދި މިކަމުން ދައްކައިދެނީ ދަނޑުވެރިން ތިބީ މިފަދަ ފުރުސަތަކަށް ކެތްމަދުވެފައިކަން ޝަހާދު ފާހަގަކުރެއްވިއެވެ.
"އެގްރި ސެންޓަރ ހުޅުވީ ރަޖިސްޓަރޑް 200އަށް ވުރެ ގިނަ ދަނޑުވެރިންނާއި އެކު، ހުޅުވިތާ މިވީ ހަފްތާއެއް، ހަފްތާއެއް ތެރޭ 100އަށް ވުރެ ގިނަ ދަނޑުވެރިން އިތުރަށް ރަޖިސްޓްރީކޮށްފި،" ޝަހާދު ޕީއެސްއެމްއަށް ދެއްވި އިންޓަރވިއު
ޝަހާދު ވިދާޅުވީ އެގްރި ސެންޓަރގައި ރަޖިސްޓްރީވާ ދަނޑުވެރިންނާއެކު އެގްރިމެންޓްތަައް ޤާއިމްކޮށް، ދަނޑުވެރިން ހައްދާތަކެތި ގަންނަމުންދާނެކަމަށެވެ.
"އެގްރިމެންޓުގައި ހިމެނޭނެ ގަންނަ ތަކެއްޗާއި އަގުވެސް، ފުރަތަމަ މި ގަންނަނީ 17 ޕްރޮޑަކްޓް، ކުރިއަށް އޮތްތާގައި ތަކެތި އިތުރުކުރާނަން، އަގުވެސް ބަދަލު އަންނާނެ، ދަނޑުވެރިޔާ ތަކެތި ފޮނުވާ ހިސާބުން 2 ދުވަސްތެރޭ ފައިސާ އެކައުންޓަށް ޖަމާކޮށްދޭނެ،" ޝަހާދު ވިދާޅުވިއެވެ.
ޝަހާދު ވިދާޅުވީ އެގްރި ސެންޓަރގެ މައިގަނޑު އަމާޒަކީ ރާއްޖެއަށް ދަނޑުވެރިކަމުގެ އުފެއްދުންތައް އިމްޕޯޓުކުރާ މިންވަރު މަދުކުރުން ކަމަށެވެ. އަދި ކުރިމަގުގައި ރިސޯޓްތަކަށް ދިވެހި ދަނޑުވެރިންގެ އުފެއްދުންތައް ސަޕްލައިކުރުމަކީވެސް އަމާޒެއް ކަމަށް އެސްޓީއޯއިން ވިދާޅުވިއެވެ.
އެސްޓީއޯއިން އެގްރި ސެންޓަރގެ ނަމުގައި ސެންޓަރެއް ހުޅުވުމުގެ އެންމެ ބޮޑު ބޭނުމަކީ ދިވެހި ދަނޑުވެރިން ހައްދާ ތަކެތި ގަނެ ދަނޑުވެރިންނަށް ހަމަ އަގު ހޯދައިދިނުންކަމަށް އެކުންފުނިން ބުނެއެވެ.