އެސްޓީއޯ އިން އެސްއޭޕީ އަރީބާ ތަޢާރަފްކޮށްފި
ޔޫޝައު ހަސަން - 20 ޖެނުއަރީ 2023 - 08:38
އެސްއޭޕީ އަރީބާ ތައާރަފުކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވުނު ޚާއްސަ ހަފުލާގެ ތެރެއިން
މުދާ ސަޕްލައި ކުރުމުގެ މަސައްކަތްތަކަށް އިތުރު ލުއިފަށެހަކަމެއް ގެނެސްދިނުމަށްޓަކައި، އެސްޓީއޯއިން އެސްއޭޕީ އަރީބާ ތަޢާރަފްކޮށްފިއެެވެ.
ޕްރޮކިއުމަންޓް ބޭނުންތަކަށް ޚާއްސަ އެސްއޭޕީ އަރީބާ އެސްޓިއޯ އިން ތައާރަފުކުރީ ރޭ ދަރުބާރުގޭގައި އެކަމަށް ބޭއްވުނު ޚާއްސަ ހަފުލާއެއްގައެވެ. މި ހަފުލާގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރ، އަބްދުލް ވާޙިދް މޫސާ ވަނީ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރުވެސް އެސްޓީއޯއިން 15 ބިލިޔަން ރުފިޔާގެ ވިޔަފާރި ކުރިކަން ފާހަގަކޮށް މިހާ ބިޔަ މުއާމަލާތްތައް ކުރުމުގައި އެސްއޭޕީ އަރީބާގެ ސަބަބުން ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަން ފާހަގަކޮށްފައިއެވެ.
Our team highlight the effectiveness on how the SAP ARIBA system will assist us in digitally transforming the way we do business from source to pay.#SAP_ARIBA#STO_ARIBA #STO_Source2Pay pic.twitter.com/LYIGrFXv7K
— STO (@stoplc) January 19, 2023
"މިހާ ބޮޑު ވޮލިއުމްއެއްގެ ވިޔަފާރިއެއް އަޅުގަނޑުމެން ކުރާއިރު، މިއޮއް ހުރިހާ ދުވަހު އަޅުގަނޑުމެން މި ހުރިހާ ކަމެއް ކުރަމުން ކުރަމުން މި އަންނަނީ 2010 ވަނަ އަހަރު އަޅުގަނޑުމެން އިމްޕްލިމެންޓް ކުރި އެސްއޭޕީއާއި އަޅުގަނޑުމެން ޢާންމުގޮތެއްގައި ހުރިހާ ކުންފުނިތަކުން ބޭނުންކުރާ ކޮންވެންޝަނަލް އީމެއިލްގެ ޒަރީޔާއިން" އޭނާ ވިދާޅުވިއެވެ.
މީގެ ސަބަބުން މުއާމަލާތްކޮށްގެން ވަރަށް ބޮޑު ދަތިތަކާއި ކުރިމަތިވުމުން އައި ކަމަށާއި ނަމަވެސް ސަޕްލަޔަރުންނާއި ކަމާއި ގުޅުންހުރި މުޒައްޒަފުން ގުޅިގެން ހަމަސް ދުވަހުގެ މަސައްކަތެއްގެ ނަތީޖާއެއްގެ ގޮތުން މި ސޮފްޓްވެއަރ ވުޖޫދަށް އައި ކަމުގައި ވާޙިދު ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް
6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން
ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން
އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން
ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން