ތޮއްޑޫ ފަޅޮލުގެ ޝިޕްމަންޓެއް އެގްރި ސެންޓަރަށް!
![profile](/_next/image?url=%2Flogo.png&w=3840&q=75)
އަހުމަދު ޒަލީފު - 10 ޖެނުއަރީ 2023 - 09:20
![ތޮއްޑޫގައި ހައްދާ ފަޅޯ](/_next/image?url=%2Fpanel-content%2Fmedia%2Fed00ce01-b453-4dc5-2ca4-eaf1cd7acb00.jpg&w=3840&q=75)
ތޮއްޑޫގައި ހައްދާ ފަޅޯ
ތޮއްޑޫގެ ތާޒާ ފަޅޯ ޝިޕްމަންޓެއް އެގްރި ސެންޓަރަށް ލިބިއްޖެ ކަމަށް އެ ސެންޓަރުން ހާމަކޮށްފިއެވެ.
5 ކިލޯއިން ފެށިގެން ކިލޯއެއް 26 ރުފިޔާއަށް ވިއްކަން ފަށާފައިވާއިރު، މި ދިޔަ ހަފްތާގައި ބާޒާރުގައި ފަޅޮލުގެ އަގު މައްޗަށް ދިޔައެވެ.
އެެގޮތުން މީގެ ކުރިން ފަޅޯ ކިލޯއެއް 25 ރުފިޔާ އާއި 30 ފުރިޔާގެ އަގަކަށް ލިބެއެވެ. ނަމަވެސް ބާޒާރުގެ އަގުތައް މިހާރު ހުރި ގޮތަށް ބަލާއިރު ފަޅޯ ކިލޯއެއް މިހާރު ލިބެން ހުރީ 60 ރުފިޔާ އަށެވެ.
ކިއުކަމްބާ ކިލޯއެއް މީގެ ކުރިން 20 ރުފިޔާއި 30 ފުރިޔާގެ އަގަކަށް ލިބެއެވެ. ނަމަވެސް މިހާރު ކިއުކަމްބާވެސް ލިބެން ހުރީ ކިލޯއެއް 60 ރުފިޔާ އަށެވެ.
މާލޭގެ ފިހާރަތަކުގައި ކާށީގެ އަގު އިންތިހާ ދަރަޖައަށް ވަނީ އުފުލިފައެވެ.
ފިހާރަތަކުގައި ކާށީގެ އަގު ބޮޑުވުމާއި ގުޅިގެން ކަންބޮޑުވުން ފާޅުކޮށް މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ މީގެ ކުރިން ފަސް ރުފިޔާއަށް ލިބޭ ކާޓެއްގެ އަގު މިހާރު 35 ރުފިޔާއަށް އުފުލިފައިވާ ކަމަށެވެ.
އއ.ތޮއްޑޫއިން ތާޒާ ފަޅޯ(ރެޑް ލޭޑި) ޝިޕްމެންޓެއް މިއަދުވަނީ ލިބިފަ. 😊
ހޯލް ސޭލް 26 ރުފިޔާ (5 ކިލޯ އިން ފެށިގެން)
އޯޑަރު ކޮށްލެއްވުމަށް 3012640 އަށް ގުޅުއްވާލައްވާ، ނުވަތަ 7291130 ވައިބަރ ކޮށްލައްވާ ! pic.twitter.com/kG5NzwwBbG
— STO Agricenter (@stoagricenter) January 10, 2023
ފަޅޮލާއި ކިއުކަމްބާގެ އަގު ބޮޑުވެފައި މި ވަނީ މި ތަކެތީގެ އުފެއްދުން ތެރިކަން އާދަޔާ ޚިލާފަށް ދަށްވުމުގެ ސަބަބުންނެވެ. އެސްޓީއޯގެ މި ޝިޕްމަންޓާއި އެކު ހެޔޮ އަގުގައި ފަޅޯ ލިބޭނެއެވެ.