
ކޮޅުފުށިން ގެނައި ފަތްކެޔޮ
ކޮޅުފުށިން ތާޒާ ފަތްކެޔޮ ޝިޕްމަންޓެއް އެގްރި ސެންޓަރަށް!

އަހުމަދު ޒަލީފު - 16 ޖެނުއަރީ 2023 - 09:41
މ.ކޮޅުފުށީގައި ހައްދާ ފަތްކޭލުގެ ތާޒާ ސްޓޮކެއް އެގްރި ސެންޓަރަށް ލިބިއްޖެއެވެ.
5 ކިލޯއިން ފެށިގެން ހޯސް ސޭލްކޮށް ވިއްކާ މި ކޭލުގެ އަގަކީ ކިލޯއަކަށް 25 ރުފިޔާ އެވެ.
މިދިޔަ ހަފްތާ ތެރޭގައިވެސް ކޮޅުފުށީން ފަތްކެޔޮ ޝިޕްމަންޓެއް އެގްރި ސެންޓަރަށް ގެނައެވެ.
ހަފްތާއެއްތެރޭ އެގްރި ސެންޓަރ މެދުވެރިކޮށް ތަކެތި ވިއްކުމަށް 100 އަށްވުރެ ގިނަ ދަނޑުވެރިން ރަޖިސްޓްރީކޮށްފައިވާކަމަށް އެސްޓީއޯއިން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ
މ. ކޮޅުފުށިން ވަރަށް ތާޒާ ފަތްކެޔޮ ޝިޕްމެންޓެއް މިއަދުވަނީ ލިބިފަ. 😊
ހޯލް ސޭލް 25 ރުފިޔާ (5 ކިލޯއިން ފެށިގެން)
އޯޑަރު ކޮށްލެއްވުމަށް 3012640 އަށް ގުޅުއްވާލައްވާ، ނުވަތަ 7291130 ވައިބަރ ކޮށްލައްވާ ! pic.twitter.com/rgleNuohZP
— STO Agricenter (@stoagricenter) January 16, 2023
ދިވެހި ދަނޑުވެރިން ހައްދާ ތަކެތި ގަނެ، ދަނޑުވެރިންނަށް ހަމަ އަގު ހޯދައިދިނުމުގެ ބޭނުމުގައި އެސްޓީއޯއިން އެގްރި ސެންޓަރުގެ ނަމުގައި ސެންޓަރެއް ހުޅުވީ 2021 ވަނަ އަހަރުގެ އެޕްރީލް މަހުގެ 13 ވަނަ ދުވަހުއެވެ. އަދި އެތަން ހުޅުވިއިރު 200 އަށްވުރެ ގިނަ ދަނޑުވެރިން އެތަނުގައި ވަނީ ރަޖިސްޓްރީކޮށްފައެވެ.
އެސްޓީއޯގެ އެގްރި ސެންޓަރގެ އޮޕަރޭޝަންސް މެނޭޖަރ މުޙައްމަދު ޝަހާދު ވިދާޅުވެފައިވަނީ އެ ސެންޓަރު މެދުވެރިކޮށް ދަނޑުވެރިކަމުގެ އުފެއްދުންތައް ވިއްކުމަށް ގިނަ އަދަދެއްގެ ދަނޑުވެރިން ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށެވެ. އަދި މިކަމުން ދައްކައިދެނީ ދަނޑުވެރިން ތިބީ މިފަދަ ފުރުސަތަކަށް ކެތްމަދުވެފައިކަން ޝަހާދު ފާހަގަކުރެއްވިއެވެ
ގުޅުން ހުރި ޙަބަރުތައް

ނަހަމަގޮތުގައި ކާޑުލިމިޓްގެ ބޭނުން އެބަކުރޭ، ހަރުކަށި ފިޔަވަޅުތަަކެއް އަޅަންޖެހިދާނެ: ބީއެމްއެލް
ގަޑިއިރެއް ކުރިން

55 ކައުންސިލް ޢިމާރާތުގެ މަޝްރޫޢު ޖޫނަށް ނިމޭނެ: މިނިސްޓަރ
2 ގަޑިއިރު ކުރިން

އެސްޑީއެފް އަށް ފައިސާ ޖަމާކުރުން އިތުރު، 2.4 ބިލިއަން ރުފިޔާ ޖަމާކޮށްފި
3 ގަޑިއިރު ކުރިން

ގިނަ ދުވަސްވެފައިވާ އުޅަނދުތައް ނެގުމުގެ ހާއްސަ އޮޕަރޭޝަނެއް
4 ގަޑިއިރު ކުރިން


