logo

އެސްޓޯއީގެ އާ ފިހާރަ ހުޅުވަނީ، ސޭލްސްމަނެއް، ކޭޝިއަރެއް ނުހުންނާނެ!

profile

އަހުމަދު ޒަލީފު - 24 ޖެނުއަރީ 2023 - 15:32

އެސްޓީއޯއިން އަލަށް ހުޅުވާ ފިހާރަ

އެސްޓީއޯއިން އަލަށް ހުޅުވާ ފިހާރަ

ދުނިޔޭގެ ޒަމާނީ ޓެކްނޮލޮޖީއާއެކު، ކޭޝިއަރެއް އަދި ސޭލްސް މީހެއް ނެތި ވިޔަފާރިކުރެވޭނެ ފަދަ ފިހާރައެއް ހުޅުވަން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއިން ތައްޔާރުވެއްޖެއެވެ.

https://wamco.com.mv/

މިއީ ރާއްޖޭގައިވެސް މިފަދަ ފިހާރައެއް ހުޅުވާ ފުރަތަމަ ފަހަރެވެ.

ރާއްޖެއަށް އައު ޓެކްނޮލޮޖީ ތަޢާރަފްކުރުމާއި، އައު ޓެކްނޮލޮޖީއަށް އިންވެސްޓް ކުރުމަކީ އެކުންފުނީގެ މުހިއްމު އެއް އަމާޒު. މިޓެކޮނޮލަޖީއާއެކު ފިހާރައިގައި ކަސްޓަމަރުން ހޭދަކުރަންޖެހޭ ވަގުތު ކުޑަކޮށް، ފައިސާގެ މުޢާމަލާތްތައް ކުރުމުގައިވެސް ފަސޭހަވެގެންދާނެ - އެސްޓީއޯ

ކޭޝިއަރެއް ސޭލްސްމަނެއް ނެތް ފިހާރައެއް!؟ pic.twitter.com/pwCeHZDIFf

— Amr 🎈 (@HusenAmr) January 24, 2023

މި ފިހާރަ ހުޅުވާނީ އަންނަ މަހުގެ ފަހު ކޮޅު ހުޅުމާލޭގައެވެ. މި ފިހާރައިން ވިޔަފާރީގެ މުޢާމަލާތް ކުރެވޭނީ މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށެވެ. އެ އެފްލިކޭޝަންގައި ބޭންކު ކާޑު ރަޖިސްޓްރީކުރުމަށްފަހު ލޮގިންވުމުން ފިހާރައިން ވިޔަފާރި ކުރުމުގެ މަގުފަހިވާނެއެވެ.

މި ފިހާރައިގައި ކޭޝިއަރެއް އަދި ސޭލްސް މީހެއްވެސް ނެތްނަމަވެސް، ފިހާރައިގައި ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް އެޅިފައިވާނެކަމަށް އެސްޓީއޯއިން މަޢުލޫމާތުދެއެވެ. އެގޮތުން، މި ފިހާރައިގެ އެކިތަންތަނުގައި އާރޓިފިޝަލް އިންޓެލިޖެންސް ކެމެރާ ނުވަތަ އޭއައި ކެމެރާތައް ހަރުކޮށްފައި ހުންނާނެކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ. މި އޭއައި ކެމެރާތަކުން ހަރުތަކާއި، ފިހާރައިގެ ސްޓޮކު ބެލެހެއްޓުމުގެ ޤާބިލުކަން ލިބިފައިވެއެވެ.

https://etukuri.mv/
https://eportal.mwsc.com.mv/e-pay