
އުލިގަމު ސިއްހީ މަރުކަޒުގެ އިމާރާތުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފި

މުޙައްމަދު ފަޟްލޫން - 28 މޭ 2025 - 18:01
ހއ އުލިގަމު ސިއްހީ މަރުކަޒުގެ އައު އިމާރާތް ބިނާކުރުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްފިއެވެ.
މި މަޝްރޫއުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) އަހްމަދު ސައުދީ އަދި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަހްމަދު ޤާސިމް އެވެ.
އުލިގަމު ސިއްހީ މަރުކަޒުގައި ގާއިމްކުރާ އައު އިމާރާތުގައި 5 އެނދުގެ ވޯޑެއް ހިމެނޭނެ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.
މި މަޝްރޫއަކީ 14.32 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އުލިގަމުގައި މިވަގުތު ބޭނުންކުރަމުންދާ ސިއްހީ މަރުކަޒު ކުޑަވުމުގެ ސަބަބުން އުލިގަމު ރައްޔިތުންނާއި ކައުންސިލްގެ ފަރާތުން ރަށުގެ ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅު ކުރުމަށް މީގެ ކުރިން ސަރުކާރުގައި ވަނީ އެދިފައެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒު މިއަހަރުގެ ޖަނަވަރީ މަހުގެ 30 ވަނަ ދުވަހު އުލިގަމަށް ކުރެއްވި ދަތުރުފުގައި އުލިގަމުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ރަށުގެ ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅުކޮށްދެއްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
2 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
2 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
2 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
2 އަހަރު ކުރިން