logo

މައިކިޔު ސްޓަޑީ ފެއަރއިން ބޭރުގައި ތަޢުލީމު ހާސިލުކުރުމަށް ގިނަ އެޕްލިކޭޝަންތަކެއް

profile

އާމިނަތު ޝަޒްލާ - 21 ޖޫން 2026 - 06:36

މައި ކިއު ސްޓަޑީޒްގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ "ސްޓަޑީ ފެއަރ" އަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށާއި، ރާއްޖެއިން ބޭރުގައި މަތީ ތައުލީމު ހާސިލުކުރަން އެދޭ ގިނަ އަދަދެއްގެ ދަރިވަރުން އެޕްލިކޭޝަން ހުށަހަޅަމުންދާ ކަމަށް މައި ކިއު ސްޓަޑީޒްއިން ބުނެފިއެވެ.

https://wamco.com.mv/

މި ފެއަރއަކީ ރާއްޖެއިން ބޭރުން ތައުލީމީ ފުރުޞަތުތައް ހޯދުމަށް ބޭނުންވާ ފަރާތްތަކަށް، އެކި ޤައުމުތަކުގެ ޔުނިވަރސިޓީތަކާ ބެހޭ ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދިނުމަށް ބާއްވާ ޚާއްޞަ ހަރަކާތެކެވެ. މިއަހަރުގެ ފެއަރގައި މެލޭޝިޔާ، އެމެރިކާ، ޗައިނާ، އިންޑިއާ އަދި އިންޑޮނޭޝިއާ ފަދަ ޤައުމުތަކުގެ ސަރުކާރު ހިއްސާވާ ޔުނިވަރސިޓީތަކާއި އަމިއްލަ މަތީ ތައުލީމުދޭ މުއައްސަސާތަކުން ބައިވެރިވެ، އެ ތަންތަނުން ލިބެންހުރި ފުރުޞަތުތަކުގެ ތަފްސީލު ހިއްސާކުރަމުންދެއެވެ.

ދަރިވަރުންނަށް ކޯސްތަކާ ބެހޭ މަޢުލޫމާތު އޮޅުންފިލުވުމުގެ އިތުރުން، މި ފެއަރގެ ތެރެއިން ވަގުތުން ކޯސްތަކަށް ކުރިމަތިލައި ޖާގަ ކަށަވަރުކުރުމުގެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ. މާލެއާއި ހުޅުމާލޭގައި ކުރިއަށްގެންދާ މި ހަރަކާތަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު، ހުޅުމާލޭ ބްރައިޓްވޭ ސުކޫލުގައި ބޭއްވި ފެއަރއަށްވެސް 300 އަށްވުރެ ގިނަ ދަރިވަރުން ޒިޔާރަތްކޮށްފައިވެއެވެ. އަދި މިހާތަނަށް 10 ދަރިވަރަކަށް ޔުނިވަރސިޓީތަކުން ޖާގަ ކަށަވަރުވެފައިވާ ކަމަށް މައި ކިއު ސްޓަޑީޒްއިން މަޢުލޫމާތުދެއެވެ.

ފެއަރގެ ބައިވެރިއެއް ކަމަށްވާ "އެޑިއުކޭޝަން މެލޭޝިއާ ގްލޯބަލް ސާވިސަސް" އިން ފާހަގަކުރި ގޮތުގައި، މެލޭޝިއާއަކީ އޮސްޓްރޭލިއާ އަދި އިނގިރޭސިވިލާތް ފަދަ ޤައުމުތަކާ އަޅާބަލާއިރު، ނިސްބަތުން ހެޔޮ އަގެއްގައި ފެންވަރު ރަނގަޅު ތައުލީމެއް ހާސިލުކުރެވޭނެ މަންޒިލެކެވެ. މީގެއިތުރުން، މެލޭޝިއާއަކީ އިސްލާމީ ޤައުމަކަށްވެފައި، ދިވެހިންނާ ސަގާފީ ގޮތުން ގުޅުންހުރި، އަމާން މާހައުލެއް އޮތް ތަނެއްކަން އެ ފަރާތުން ފާހަގަކުރިއެވެ. އަދި މުާމަލާތުކުރުމުގައި އިނގިރޭސި ބަސް ބޭނުންކުރާތީ، ދިވެހި ދަރިވަރުންނަށް އެއްވެސް ދަތިކަމެއް ނެތި ކިޔެވުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަންވެސް އެ ފަރާތުން ދިނެވެ.

މައި ކިއު ސްޓަޑީޒްއިން އިތުރަށް ބުނި ގޮތުގައި، މިއަހަރުގެ ފެއަރގައި ޖުމލަ 330 އަށްވުރެ ގިނަ ޔުނިވަރސިޓީން ބައިވެރިވެފައިވެއެވެ. މިއީ 2019 ވަނަ އަހަރުން ފެށިގެން މި ފެއަރ ބާއްވަން ފެށިފަހުން، އެންމެ ގިނަ އަދަދަކަށް ޔުނިވަރސިޓީތަކުން ބައިވެރިވި ފަހަރުކަން އެ އިދާރާއިން ފާހަގަކުރެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk