
ރާއްޖެއިން ބޭރަށް މުދާ އެކްސްޕޯޓްކުރުމުގެ ކްލިއަރެންސަށް 10 ދުވަސް ހޭދަވޭ!

އާމިނަތު ޝަޒްލާ - 14 ޖޫން 2026 - 05:51
ކަނޑުމަގުން ރާއްޖެއިން ބޭރަށް މުދާ އެކްސްޕޯޓްކުރުމުގެ ކްލިއަރެންސް މަރުހަލާތަކަށް އެވްރެޖްކޮށް 10 ދުވަސް ހޭދަވާކަން މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ "ޓައިމް ރިލީޒް ސްޓަޑީ 2025" އިން ހާމަވެއްޖެއެވެ.
ކަސްޓަމްސްއިން ކުރިއަށްގެންދިޔަ މި ދިރާސާގައި ވަގުތު ބަލާފައިވަނީ، ކަސްޓަމްސް ޑިކްލަރޭޝަން ހުށަހަޅާ ހިސާބުން ފެށިގެން މުދާ ބަރުކޮށްގެން ބޯޓު ފުރާ ވަގުތާ ހަމައަށެވެ. އެގޮތުން، މި މުޅި ސިލްސިލާއަށް އެވްރެޖްކޮށް 10 ދުވަހާއި، 10 ގަޑިއިރާއި، 14 މިނެޓު ހޭދަވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ކަސްޓަމްސްގެ އަމާޒަކީ މި ހޯދުންތަކުގެ އަލީގައި އިދާރީ އިސްލާހުތަކާއި ޑިޖިޓަލް ނިޒާމުތައް ހަރުދަނާކޮށް، މުދާ ފޮނުވުމުގައި ހިނގާ ވަގުތު މިހާރަށްވުރެ ކުރުކުރުމެވެ.
މި މަރުހަލާގެ އެކި މަރުހަލާތަކަށް ހޭދަވާ ވަގުތަށް ބަލާއިރު:
- ޑިކްލަރޭޝަން ހުށަހެޅުމުން ފެށިގެން އެސެސްމަންޓް ނިމުމާ ހަމައަށް: 15 ގަޑިއިރާއި 6 މިނެޓު.
- ފައިސާ ދެއްކުމުގެ މަރުހަލާއަށް: 17 ގަޑިއިރާއި 31 މިނެޓު.
- އޮފް-ޝޯ ރިކުއެސްޓާއި އެޕްރޫވަލްއަށް: ގާތްގަނޑަކަށް 3 ދުވަސް (ރިކުއެސްޓަށް 1 ދުވަހާއި 16 ގަޑިއިރު، އެޕްރޫވަލްއަށް 1 ދުވަހާއި 9 ގަޑިއިރު).
- ސަރުކާރުގެ އެކި އިދާރާތަކުން ކުރަންޖެހޭ އިންސްޕެކްޝަންތަކަށް: 1 ދުވަހާއި 9 ގަޑިއިރާއި 35 މިނެޓު.
- ބުކިން ފޯމަށް ހުއްދަ ލިބުމަށް: 1 ދުވަހާއި 13 ގަޑިއިރާއި 57 މިނެޓު
މުޅި މި ސިލްސިލާގައި އެންމެ ގިނަ ވަގުތު ހޭދަވަނީ އެންމެ ފަހު މަރުހަލާ ކަމަށްވާ މުދާ ބަރުކޮށް ބޯޓު ފުރުމުގެ މަސައްކަތަށެވެ. މި މަރުހަލާއަށް އެކަނިވެސް އެވްރެޖްކޮށް 2 ދުވަހާއި، 12 ގަޑިއިރާއި، 3 މިނެޓު ހޭދަވާކަމަށް ކަސްޓަމްސްގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ގުޅުން ހުރި ޙަބަރުތައް
ޑޮލަރު ކާޑުން މުއާމަލާތް ކޮށްގެން 1000 ޑޮލަރު ލިބޭ ޕްރޮމޯޝަނެއް!
8 މިނިޓު ކުރިން

މުލީ ހޮސްޕިޓަލު އިމާރާތުގެ ފައުޑޭޝަން މަސައްކަތްތައް ފެށިގެން ކުރިޔަށް!
37 މިނިޓު ކުރިން

ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް، ފަރުމަސްވެރިކަމުގެ މުބާރާތެއް ބާއްވަނީ
37 މިނިޓު ކުރިން

ހުއްދަނެތި ޕޮލިސް ސްޓޭޝަނެއްގެ ގަރާޖަށް ވަތް މީހަކު ހައްޔަރުކޮށްފި
38 މިނިޓު ކުރިން


.gif&w=3840&q=75)