logo

އޭއައި ރެގިއުލޭޓްކުރާ ބިލެއް މަޖިލިހަށް ހުށަހަޅުއްވާނެ ކަަމަށް ރައީސް ވިދާޅުވެއްޖެ

profile

މުޙައްމަދު ފަޟްލޫން - 20 އޭޕްރީލު 2026 - 09:21

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ރެގިއުލޭޓް ކުރުމާ ބެހޭ ހާއްސަ ބިލެއް މާލަސްތަކެއް ނުވެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިވެހިރާއްޖެ ޑިޖިޓަލް ކުރިއެރުމުގެ މަގުގައި ކުރިއަށްދާއިރު، އޭއައި އަކީ ބަލައިގަންނަންޖެހޭ މުހިންމު ޓެކްނޮލޮޖީއެއް ކަމަށެވެ. ނަމަވެސް، މިފަދަ ވަސީލަތްތައް ބޭނުންކުރަންވާނީ ހަރުދަނާ ގާނޫނީ ނިޒާމެއްގެ ތެރެއިން، ކަނޑައެޅިފައިވާ އުސޫލުތަކެއްގެ މަތިން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، އޭއައި ބޭނުންކުރުމުގައި އަމަލުކުރާނެ ގާނޫނީ އޮނިގަނޑެއް އެކުލަވައިލުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. މި ބިލުގެ މަގުސަދަކީ އޭއައިގެ ބޭނުން ހިފާއިރު އެކަން ރެގިއުލޭޓް ކުރެވި، ހަމަޖެހިފައިވާ ގާނޫނީ އިމުގެ ތެރެއިން އެކަންކަން ކުރިއަށް ގެންދިއުމެވެ.

މި ދުވަސްވަރަކީ އޭއައިގެ ބޭނުން ނަހަމަ ގޮތުގައި ހިފައި، މީހުންގެ އަބުރަށް އުނިކަން ލިބޭ ފަދަ ފޭކް ފޮޓޯ އާއި ވީޑިއޯ އުފެއްދުން އިތުރުވެފައިވާ ދަނޑިވަޅެކެވެ. އެހެންކަމުން، ސަރުކާރުން ހުށަހަޅާ މި ބިލުގެ ސަބަބުން މިފަދަ އިޖުތިމާއީ އަދި ގާނޫނީ މައްސަލަތަކަށް ހަރުދަނާ ހައްލެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk