
ޑީޖޭއޭ ބަދަލުވެގެންދާނީ ޖުޑީޝަލް ކައުންސިލަށް ޖަވާބުދާރީ ވާ ތަނަކަށް: ރައީސް

މުޙައްމަދު ފަޟްލޫން - 20 އޭޕްރީލު 2026 - 09:20
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑީޖޭއޭ ބަދަލުވެގެންދާނީ ޖުޑީޝަލް ކައުންސިލަށް ޖަވާބުދާރީ ވާ ތަނަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ޑީޖޭއޭ މިހާރު އޮންނަނީ ޖޭއެސްސީގެ ދަށުގައި ކަމަށެވެ. ޖުޑީޝަލް ކައުންސިލް އަލުން އެކުލަވާލެއްވޭނެ ގޮތަށް ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި އުއްތަމަ ފަނޑިޔާރާއި ޑީޖޭއޭ ޖުޑީޝަލް ކައުންސިލަށް ޖަވާބުދާރީ ވާ ތަނަކަށް ބަދަލުވެގެންދިއުމަކީ ކޯޓްތަކުގެ ހިންގުމުގެ ނިޒާމް ހަރުދަނާ ވެގެންދާނެ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޖަވާބުދާރީ ވާންޖެހޭނީ ޖުޑީޝަލް ކައުންސިލަށް ކަމަށާއި އަދި ސުޕްރީމް ކޯޓުގެ އިސްފަނޑިޔާރު ނުވަތަ އުއްތަމަ ފަނޑިޔާރަށް ބަދަލުވެގެންދިއުމަކީ ކޯޓްތަކުގެ ނިޒާމަށް އަންނަންޖެހޭ ރަނގަޅު ބަދަލެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.
މިހާރު އޮންނަ ގޮތުން ގާނޫނަށް ގެނެވުނު ބަދަލާއި އެކު ހުރިހާ ބާރެއް ޖޭއެސްސީގެ ދަށުގައި އޮތް ކަމަށް ރައީސް ވިދާޅުވިއެވެ. ކުރީ ސަރުކާރުތަކުން ގެނައި ބަދަލުތަކުގެ ތެރޭގައި ދަށު ކޯޓްތަކުގައި އެންމެ ބާރުގަދަ ފަރާތަކަށް ހުންނަނީ އިސްފަނޑިޔާރުގެ ބަދަލުގައި އެޑްމިނިސްޓްރޭޓަރ ކަމަށް ރައީސް ވިދާޅުވިއެވެ. އެކަން އެގޮތަށް އޮތުމުން ޝަރުއީ ނިޒާމް ހިންގުމުގައި ފުށުއެރުންތަކެއް ކުރިމަތިވާކަމަށް ރައީސް ވިދާޅުވިއެވެ.
ޖުޑީޝަލް ކައުންސިލެއް ކިޔާ ކައުންސިލެއް ކުރިން އޮތް ކަމަށާއި އެ ކައުންސިލް ވެސް އުވުނީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި 2011 ވަނަ އަހަރު ކަމަށް ރައީސް ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

އޭއައި ރެގިއުލޭޓްކުރާ ބިލެއް މަޖިލިހަށް ހުށަހަޅުއްވާނެ ކަަމަށް ރައީސް ވިދާޅުވެއްޖެ
2 ގަޑިއިރު ކުރިން

އަދަދު ނޫހުން ފެތުރީ ދޮގު ހަބަރެއް، ބޭންކުން ދެމުންދިޔަ ޑޮލަރު ސަޕޯޓް ހުއްޓައެއް ނުލަން: ބީއެމްއެލް
2 ގަޑިއިރު ކުރިން

ގާނޫނު އަސާސީއަށް ބަދަލުތައް ގެނައުމަކީ ރައްޔިތުން އެހާ ބޮޑަށް އެދޭކަމެއް ނޫން: ރައީސް
2 ގަޑިއިރު ކުރިން

އާ ކެބިނެޓަށް ރުހުން ހޯދުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)