
ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު / ފޮޓޯ: ރައީސް އޮފީސް
ގާނޫނު އަސާސީއަށް ބަދަލުތައް ގެނައުމަކީ ރައްޔިތުން އެހާ ބޮޑަށް އެދޭކަމެއް ނޫން: ރައީސް

މުޙައްމަދު ފަޟްލޫން - 20 އޭޕްރީލު 2026 - 09:21
ގާނޫނު އަސާސީއަށް ބަދަލުތައް ގެނައުމަކީ ރައްޔިތުން އެހާ ބޮޑަށް އެދޭކަމެއް ނޫން ކަމެއްކަން ފެންނަ ނުފެންނަ ވޯޓުން ހާމަވެގެން ގޮސްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ފެންނަ ނުފެންނަ ވޯޓުން ރައްޔިތުން ވަރަށް ބޮޑު މެސެޖެއް ދެއްވާފައިވާ ކަމަށެވެ.
ރައްޔިތުން ދެއްވި މެސެޖަކީ ގާނޫނު އަސާސީ އަށް ބަދަލުތައް ގެނައުމަކީ އެހާ ބޮޑަށް ރައްޔިތުން ގަބޫލުކުރާ ކަމެއް ނޫން ކަމެއް ކަމަށާއި އެހެންކަމުން ގާނޫނު އަސާސީ އިސްލާހުކުރަން އިތުރު ބަދަލެއް ގެންނަން ގަސްތުނުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ގާނޫނު އަސާސީ އަށް ބަދަލު ނުގެނައި ނަމަވެސް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ގާނޫނު ތައް އިސްލާހުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ނުފެންނަ ކަމަށް ބުނެފައެވެ،
ގުޅުން ހުރި ޙަބަރުތައް

އޭއައި ރެގިއުލޭޓްކުރާ ބިލެއް މަޖިލިހަށް ހުށަހަޅުއްވާނެ ކަަމަށް ރައީސް ވިދާޅުވެއްޖެ
2 ގަޑިއިރު ކުރިން

އަދަދު ނޫހުން ފެތުރީ ދޮގު ހަބަރެއް، ބޭންކުން ދެމުންދިޔަ ޑޮލަރު ސަޕޯޓް ހުއްޓައެއް ނުލަން: ބީއެމްއެލް
2 ގަޑިއިރު ކުރިން

ޑީޖޭއޭ ބަދަލުވެގެންދާނީ ޖުޑީޝަލް ކައުންސިލަށް ޖަވާބުދާރީ ވާ ތަނަކަށް: ރައީސް
2 ގަޑިއިރު ކުރިން

އާ ކެބިނެޓަށް ރުހުން ހޯދުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)