
ޓްރަމްޕްގެ 1.15 ޓްރިލިޔަން ޑޮލަރުގެ ދިފާޢީ ބަޖެޓަށް ޑިމޮކްރެޓުން ހުރަސްއަޅަނީ

މުޙައްމަދު ފަޟްލޫން - 15 ޖުލައި 2026 - 11:37
އީރާނާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަށްޓަވާފައިވާ ގައިރު ގާނޫނީ ހަނގުރާމައަށް ދެކޮޅު ހެދުމުގެ ގޮތުން، އޭނާގެ ސަރުކާރުން ހުށަހެޅި 1.15 ޓްރިލިއަން ޑޮލަރުގެ ދިފާޢީ ބަޖެޓު ބިލު އެމެރިކާގެ ސެނެޓުން ބޭރުކޮށްލައިފިއެވެ.
މި ބިލާ ދެކޮޅަށް މައިގަނޑު ގޮތެއްގައި ތެދުވީ އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ މެންބަރުންނެވެ. އެ ބޭފުޅުން ފާހަގަކުރެއްވި ގޮތުގައި، ކޮންގްރެސްގެ އެއްވެސް މަޝްވަރާއެއް ނެތި އީރާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅުތައް އެޅުއްވުމަކީ ބިލު ބަލައިނުގަތުމަށް ނިންމި މައިގަނޑު ސަބަބެވެ.
ބިލު ފާސްކުރުމަށްޓަކައި 60 މެންބަރުންގެ ތާއީދު ބޭނުންވި ނަމަވެސް، ސެނެޓުގައި ނެގި ވޯޓުން އެ އަދަދު ހަމަވެފައެއް ނުވެއެވެ.
ޖުމްލަ 100 މެންބަރުންގެ ތެރެއިން ބިލަށް ތާއީދުކުރެއްވީ 50 މެންބަރުންނެވެ.
ދެކޮޅަށް 46 މެންބަރުން ވޯޓު ދެއްވިއިރު، ސެނެޓުގެ މެޖޯރިޓީ ލީޑަރު އަދި ރިޕަބްލިކަން ޕާޓީގެ މެންބަރު ޖޯން ތޫން ވެސް ވޯޓު ދެއްވީ ބިލާ ދެކޮޅަށެވެ. އެއީ އިޖުރާއީ ގޮތުން މި މައްސަލަ އަލުން ހުށަހެޅުމުގެ ފުރުސަތު ހޯއްދެވުމުގެ މަޤްޞަދުގައެވެ.
އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ޢުދުވާންތައް އިތުރަށް ފުޅާކޮށް، އެ ގައުމުގެ ބަނދަރުތައް އަލުން ހިސޯރު ކުރުމަށް ރޭވުމަކީ ޑިމޮކްރެޓުންގެ ބޮޑު ކަންބޮޑުވުމެކެވެ.
މީގެ އިތުރުން، އެމެރިކާގެ ރައްޔިތުންގެ އިޖުތިމާޢީ ރައްކާތެރިކަމަށް ކަނޑައަޅާފައިވާ ބަޖެޓު އުނިކޮށް، އަސްކަރީ ޚަރަދުތައް 1.5 ޓްރިލިއަން ޑޮލަރަށް ބޮޑުކުރަން ޓްރަމްޕްގެ ސަރުކާރުން ކުރާ މަސައްކަތަށް އިދިކޮޅު މެންބަރުން ދަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
ބަޖެޓު މުރާޖާކޮށް، ހަނގުރާމައިގެ ހަރަދުތައް ފޫބެއްދުމަށްޓަކައި އިތުރު 350 ބިލިއަން ޑޮލަރު ހޯއްދެވުމަށް ޓްރަމްޕް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅާ މެދު ޑިމޮކްރެޓިކް ޕާޓީން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން އާސަންދައިން ރާއްޖޭގެ 8 ސަރަހައްދެއްގައި ކައުންޓަރު ހުޅުވައިފި
3 ގަޑިއިރު ކުރިން

އެޗްޑީސީގެ ވަޒީފާތަކުން މީހުން ވަކިކުރަނީ ސިޔާސީ ބޭނުމެއްގައި: ފައްޔާޒް
3 ގަޑިއިރު ކުރިން
10 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި
3 ގަޑިއިރު ކުރިން

އައްޑޫގައި ތަކުރާރުކޮށް ވައްކަންކުރާ ޒުވާނަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި
5 ގަޑިއިރު ކުރިން


.gif&w=3840&q=75)