
ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން އާސަންދައިން ރާއްޖޭގެ 8 ސަރަހައްދެއްގައި ކައުންޓަރު ހުޅުވައިފި

މުޙައްމަދު ފަޟްލޫން - 15 ޖުލައި 2026 - 18:09
ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން އާސަންދައިން ރާއްޖޭގެ އެކި އަތޮޅުތަކުގައި 8 ކައުންޓަރު ހުޅުވައިފިއެވެ.
އާސަންދައިން އަލަށް ހުޅުވި ކައުންޓަރުތަކާއެކު އަތޮޅުތެރޭގެ 8 ރަށެއްގައި އާސަންދަ ކުންފުނީގެ މުވައްޒަފުން މެދުވެރިކޮށް ހިދުމަތްތައް ރަށުން ލިބިގެންދާނެ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.
އަލަށް ކައުންޓަރުތައް ހުޅުވާފައިވާ ރަށްތަކަކީ
ރ އުނގޫފާރު
ބ އޭދަފުށި
ޅ ނައިފަރު
އދ މަހިބަދޫ
ލ ގަން
ތިނަދޫ ސިޓީ
ފުވައްމުލަކު ސިިޓީ
މީގެ ކުރިން އާސަންދައިގެ ކައުންޓަރުތައް ގާއިމްކޮށް ހިދުމަތް ދެމުންގެންދަނީ މާލެ، ހުޅުމާލެ، ފ ނިލަންދޫ، އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގައެވެ.
މި އިތުރުކުރެވުނު ކައުންޓަރުތަކުގެ ސަަބަބުން ބޭސްފަރުވާގެ އެހީއަށް އެދުމުގައާއި ކުންފުންޏާއި ގުޅުންހުރި އެހެނިހެން އިދާރީ ކަންކަމުގައި ރައްޔިތުންނަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އާސަންދައިން ވަނީ ބުނެފައެވެ. ހާއްސަކޮށް ރަށުން ބޭރަށް ނުގޮސް އާސަންދައިގެ ހިދުމަތްތަކާއި ގުޅޭ މައުލޫމާތާއި އެހީތެރިކަން ހޯދުމަށް މިކަމުގެ ސަބަބުން މަގުފަހިވެގެންދާނެ ކަަމަށްވެސް އާސަންދައިން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

އެޗްޑީސީގެ ވަޒީފާތަކުން މީހުން ވަކިކުރަނީ ސިޔާސީ ބޭނުމެއްގައި: ފައްޔާޒް
3 ގަޑިއިރު ކުރިން
10 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި
3 ގަޑިއިރު ކުރިން

އައްޑޫގައި ތަކުރާރުކޮށް ވައްކަންކުރާ ޒުވާނަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި
5 ގަޑިއިރު ކުރިން

އަލަތު ކައިވެނީގެ ވަލީމާ ބޭއްވުމަށް މާލެއިން ހިލޭ ޖާގަ ހަމަޖައްސައިދެނީ
7 ގަޑިއިރު ކުރިން


.gif&w=3840&q=75)