logo

އަލަތު ކައިވެނީގެ ވަލީމާ ބޭއްވުމަށް މާލެއިން ހިލޭ ޖާގަ ހަމަޖައްސައިދެނީ

profile

މުޙައްމަދު ފަޟްލޫން - 15 ޖުލައި 2026 - 13:57

މާލޭގައި އަލަތު ކައިވެނީގެ ވަލީމާ ބޭއްވުމަށް ހިލޭ ޖާގަ ފޯރުކޮށްދިނުމަށް މާލެ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފިއެވެ.

https://wamco.com.mv/

މި ނިންމުން ނިންމާފައިވަނީ މިއަދު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 8 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.

ކައުންސިލުން ނިންމާފައިވަނީ މި ހިދުމަތް ދިނުމުގައި އަމަލުކުރާނެ މިންގަނޑުތަކާއި އުސޫލުތައް އެކުލަވައިލުމަށްފަހު، ވީ އެންމެ އަވަހަކަށް އެ ތަފްސީލުތައް އާންމުކޮށް އިއުލާނުކޮށް ފުރުސަތު ހުޅުވައިލުމަށެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހިމް ލަބާން ޝަރީފް ވިދާޅުވީ، މިއީ މޭޔަރު އާދަމް އާޒިމްގެ ވައުދުފުޅަކަށް ވާތީ، ވީހައިވެސް އަވަހަށް މިކަން ފުރިހަމަކުރުމަކީ ކައުންސިލްގެ މުހިންމު އަމާޒެއް ކަމަށެވެ.

ލަބާންގެ ވާހަކަފުޅަށް ތާއީދުކުރައްވައި ހުޅުމާލެ ދެކުނު ދާއިރާގެ ކައުންސިލަރު އަހުމަދު ގާލިބު ވިދާޅުވީ، ޒުވާނުންގެ ލާބައަށް ކުރެވޭ ކޮންމެ ކަމަކަށް ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.

މޭޔަރު އާދަމް އާޒިމް ފާހަގަކުރެއްވި ގޮތުގައި، މިއީ ބަޖެޓާ ގުޅުންހުރި ކަމަކަށް ވާތީ، މިކަން އިތުރަށް ދިރާސާކުރުމަށްޓަކައި ފައިނޭންޝަލް ބަޖެޓް ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.

މީގެ އިތުރުން، ސޯޝަލް ސާވިސް އެންޑް ޖެންޑާ އެންޑް ކޮމިއުނިޓީ ފޭސް ކޮމިޓީއާ ގުޅިގެން މިކަމުގައި އަމަލުކުރާނެ ގޮތްތަކެއް ކަނޑައެޅުމަށް ވަނީ ހަމަޖެހިފައެވެ.

މި މައްސަލައިގައި ދާއިމީ ނިންމުމެއް ނިންމުމަށްޓަކައި ކައުންސިލްގެ ކުރިއަށް އޮތް ޖަލްސާއަށް މިކަން މިހާރު ވަނީ ތާވަލުކުރެވިފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk