10 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

މުޙައްމަދު ފަޟްލޫން - 15 ޖުލައި 2026 - 18:08
މާލޭގެ 9 ކެފޭއަކަށް އަމާޒުކޮށް އިމިގްރޭޝަން ޓާސްކުފޯހުން މިއަދު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، 10 ބިދޭސީއަކު އެ މުއައްސަސާގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މިއީ މި ހިނގާ މަހުގެ ތެރޭގައި އިމިގްރޭޝަނުން ކުރިއަށްގެންދާ ސިލްސިލާ އޮޕަރޭޝަންތަކުގެ ތެރެއިން ހިންގުނު ހަރަކާތެކެވެ.
މި މަހުގެ ތެރޭގައި އިމިގްރޭޝަނުން ވަނީ މިފަދަ ބޮޑެތި އެތައް އޮޕަރޭޝަންތަކެއް ހިންގާފައެވެ.
މި މަހުގެ 5 ވަނަ ދުވަހުގެ ރޭ މާލޭގެ ފުޑް ކޯޓު ސަރަހައްދުގައި ހިންގި ހަރަކާތުގައި 88 ބިދޭސީއަކު ބަލައި ފާސްކޮށް، އޭގެ ތެރެއިން 27 މީހަކު ވަނީ އިދާރީ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މީގެ އިތުރުން، މި މަހުގެ 11 ވަނަ ދުވަހު ތިލަފުށީގައި ހިންގި ފުޅާ ދާއިރާއެއްގެ ރެއިޑް އޮޕަރޭޝަނުގައި 836 ބިދޭސީން ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 32 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ގައުމީ ސަލާމަތާއި އިގުތިސޯދާ ސީދާ ގުޅުންހުރި ކަންބޮޑުވުމަކަށް ވާތީ، އިމިގްރޭޝަނާއި ކަމާގުޅުންހުރި އެހެނިހެން މުއައްސަސާތައް ގުޅިގެން މި މައްސަލައަށް އަވަސް އަދި ދާއިމީ ހައްލެއް ހޯދުމަށް އަންނަނީ ނުހަނު ބޮޑަށް މަސައްކަތް ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

މާލޭ ނޯތު ހާބަރުގެ ކިއު މެނޭޖްކުރުމުގެ އުސޫލަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފި
8 ގަޑިއިރު ކުރިން

ޒުވާން ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފި
10 ގަޑިއިރު ކުރިން

ހަނިމާދޫގެ ހުރިހާ ގޭބިސީއެއްގައި ސޯލާ ހަރުކުރުމުގެ މަސައްކަތް ކައުންސިލުން ފަށައިފި
10 ގަޑިއިރު ކުރިން

ޅ. ކުރެންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށް
11 ގަޑިއިރު ކުރިން


.gif&w=3840&q=75)