logo

ޒުވާން ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފި

profile

އާމިނަތު ޝަޒްލާ - 16 ޖުލައި 2026 - 11:38

ޒުވާން ވިޔަފާރިވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ 'ޔޫތު އެންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގ' އިނީޝިއޭޓިވްގެ ދަށުން، ޒުވާން ވިޔަފާރިވެރިންނަށް ދޭ އެހީތެރިކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި އެސްއެމްއީ ޑިޖިޓަލް އާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާ ދެމެދު އެމްއޯޔޫ އެއްގައި މިއަދު ސޮއިކޮށްފިއެވެ.

https://wamco.com.mv/

މި އެމްއޯޔޫގެ މަގުސަދަކީ މާލީ އެހީތެރިކަމުގެ އިތުރުން، މެންޓަރޝިޕް، ވިޔަފާރީގެ ތަމްރީނު، ވިޔަފާރިތައް ރަސްމީކޮށް ރަޖިސްޓްރީކުރުމުގެ އެހީތެރިކަން އަދި މަޝްރޫއުތައް މޮނިޓަރކުރުން ފަދަ ހިދުމަތްތައް ފޯރުކޮށްދީ، ޒުވާން ވިޔަފާރިވެރިންނަށް ދެމެހެއްޓެނިވި ވިޔަފާރިތަކެއް ބިނާކުރުމަށް މަގުފަހިކޮށްދިނުމެވެ.

މި އެމްއޯޔޫގެ ދަށުން، ޔޫތު އެންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގ ޕްރޮގްރާމްގެ ފައިދާ ލިބޭ ފަރާތްތަކަށް ބީސީސީން މި ހިދުމަތްތައް ފޯރުކޮށްދޭނެއެވެ. މީގެ ސަބަބުން ވިޔަފާރިތައް ފަށައި، ކާމިޔާބުކަމާއެކު ކުރިއެރުވުމަށް ބޭނުންވާ އަމަލީ ހުނަރާއި ތަޖުރިބާ ޒުވާނުންނަށް ލިބިގެންދާނެއެވެ.

މި އެއްބަސްވުމަކީ އަމަލީ ގޮތުން ވިޔަފާރި ތަރައްގީކުރުމުގެ ހިދުމަތްތައް ގުޅުވާލައިގެން ދިވެހި ޒުވާނުންގެ މެދުގައި ވިޔަފާރިވެރިކަން ކުރިއެރުވުމަށް އެސްއެމްއީ ޑިޖިޓަލް އާއި ބީސީސީން ކުރާ ގުޅިފައިވާ މަސައްކަތެކެވެ. މިގޮތުން، ވިޔަފާރި ފެށުމުން ފެށިގެން ފައިސާ ދޫކުރުމަށްފަހު ކުރިއަށްގެންދާ މޮނިޓަރިންގ މަރުހަލާއާ ހަމައަށް އެހީތެރިކަން ލިބި، ވިޔަފާރިތަކުގެ ދެމެހެއްޓެނިވިކަން އިތުރުވެ، މި ޕްރޮގްރާމްގެ ދިގު މުއްދަތުގެ ފައިދާ އެންމެ ފުރިހަމައަށް ލިބިގެންދާނެއެވެ.

ބޭންކް އޮފް މޯލްޑިވްސްއާ ގުޅިގެން ތައާރަފުކޮށްފައިވާ 'ޔޫތު އެންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގ' އަކީ 18 އަހަރާއި 30 އަހަރާ ދެމެދުގެ ދިވެހިންނަށް 150,000 ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ޕްރޮގްރާމެކެވެ. މިއީ ޒުވާން ވިޔަފާރިވެރިންގެ ހިޔާލުތައް ކާމިޔާބު ވިޔަފާރިތަކަކަށް ބަދަލުކުރުމަށްޓަކައި، ފަސޭހަ، އަވަސް އަދި މުޅިން ޑިޖިޓަލްކޮށް ކުރިއަށްގެންދާ އެޕްލިކޭޝަން މަރުހަލާއެއް ހިމެނޭ ޕްރޮގްރާމެކެވެ.

ޔޫތު އެންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގ އަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ސްވައިޕް މޮބައިލް އެޕް މެދުވެރިކޮށް ހުޅުވާލެވިފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk