
8 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި އިންޑިއާގެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދު

އާމިނަތު ޝަޒްލާ - 16 ޖުލައި 2026 - 11:07
ދިވެހިރާއްޖެއަށް 8 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިއާގެ ދެ މީހުން، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ދެ ރައްޔިތުންގެ އިތުރުން ތިން ދިވެހިންނެވެ. ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ މުހައްމަދު މުސްތާކް ޖަމާލް އާއި 26 އަހަރުގެ ސިރަޖުދީން ރަޝިތާއެވެ. މިއީ މި ދެ މީހުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހި ތިންވަނަ ފަހަރެވެ.
މި މަހުގެ 9 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް މި ތަކެތީގެ މަގުމަތީ އަގު 6 މިލިއަން ރުފިޔާއަށް އަރާނެކަމަށް ބެލެވެއެވެ. މި މައްސަލައިގައި ފުރަތަމަ ފަހަރު ކޯޓަށް ހާޒިރުކުރުމުން، ހައްޔަރުކުރި ފަސް މީހުންވެސް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އޭގެ ފަހުން، ދެވަނަ ފަހަރަށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މި މައްސަލައިގައި ހިމެނޭ ތިން ދިވެހިން ކަމަށްވާ އަހުމަދު އަފްރާހު އާއި ހަސަން ޝަމްއޫން އަދި އިލްޔާސް އަހުމަދު 10 ދުވަހަށް ކަސްޓީޑިއަލް ޖަލެއްގައި ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި އެ ފަހަރު އިންޑިއާގެ ދެ މީހުން 30 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކުރިއެވެ.
ނަމަވެސް، އެންމެ ފަހުން ބޭއްވި ބަންދުގެ މަޖިލީހުގައި ކޯޓުން ވަނީ މުހައްމަދު މުސްތާކް ޖަމާލް އާއި ސިރަޖުދީން ރަޝިތާގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ ބާވަތަށް ރިއާޔަތްކޮށް، އެ މީހުންގެ ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

މާލޭ ނޯތު ހާބަރުގެ ކިއު މެނޭޖްކުރުމުގެ އުސޫލަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފި
7 ގަޑިއިރު ކުރިން

ޒުވާން ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފި
10 ގަޑިއިރު ކުރިން

ހަނިމާދޫގެ ހުރިހާ ގޭބިސީއެއްގައި ސޯލާ ހަރުކުރުމުގެ މަސައްކަތް ކައުންސިލުން ފަށައިފި
10 ގަޑިއިރު ކުރިން

ޅ. ކުރެންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށް
11 ގަޑިއިރު ކުރިން


.gif&w=3840&q=75)