
ހަނިމާދޫގެ ހުރިހާ ގޭބިސީއެއްގައި ސޯލާ ހަރުކުރުމުގެ މަސައްކަތް ކައުންސިލުން ފަށައިފި

އާމިނަތު ޝަޒްލާ - 16 ޖުލައި 2026 - 11:36
ހދ. ހަނިމާދޫގެ ހުރިހާ ގޭބިސީތަކެއްގައި ސޯލާ ޕެނަލް ހަރުކޮށްދިނުމަށް އެ ރަށު ކައުންސިލުން ވެފައިވާ ވައުދު ފުއްދުމުގެ އަމަލީ މަސައްކަތްތައް އެ ކައުންސިލުން ފަށައިފިއެވެ.
ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގް މުހައްމަދު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރަށުގެ ހުރިހާ ގޭބިސީއެއްގައި ސޯލާ ހަރުކުރުމަކީ މި ދައުރުގެ ކައުންސިލް މެމްބަރުންގެ މުހިންމު ވައުދެއް ކަމަށެވެ. މި ވައުދު ތަންފީޒުކުރުމަށްޓަކައި ކުރަންޖެހޭ ސާވޭގެ މަސައްކަތްތައް ކުރުމަށް އިއުލާން ކުރުމަށްޓަކައި، ބަޖެޓުގައި އެކަމަށް ބޭނުންވާ ފައިސާ މިހާރު ހިމަނާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފިރާގު އިތުރަށް ފާހަގަކުރެއްވި ގޮތުގައި މި ބިޔަ މަޝްރޫއު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ޖުމލަ ހަތަރު ފޭސް އަކަށް ބަހާލައިގެންނެވެ. އަދި މި މަސައްކަތް ރަސްމީކޮށް ކުރިއަށް ގެންދާނެ ތަފްސީލީ ގޮތްތައް ކަނޑައެޅިގެންދާނީ ކުރިއަށް އޮތް ސާވޭގެ ނަތީޖާއަށް ބަލާފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޖުމްލަ 2486 މީހުންގެ އާބާދީއެއް އޮންނަ ހދ. ހަނިމާދޫގައި މިވަގުތު މީހުން ދިރިއުޅޭ 500 އަށް ވުރެ ގިނަ ގޭބިސީ ހުރެއެވެ. މި ހުރިހާ ގޭބިސީއަކަށް އަމާޒުކޮށްގެން ފަށާ މި މަޝްރޫއަކީ ރަށުގެ ރައްޔިތުންގެ ކަރަންޓު ބިލަށް ލުޔެއް ހޯދައިދިނުމަށާއި ތިމާވެއްޓާ ރައްޓެހި ހަކަތަ ބޭނުންކުރުން އިތުރުކުރުމަށް ފަށާ މަސައްކަތެކެވެ.
ހަނިމާދޫ ކައުންސިލްގެ ފަސް މެމްބަރުންނަކީ ވެސް އިދިކޮޅު އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުންކަން ފާހަގަކޮށްލެވެއެވެ. މި މަޝްރޫއަކީ ރަށު ފެންވަރުގައި ހަކަތައިގެ ދާއިރާއިން ކުރިއަށް ގެންދާ ފާހަގަކޮށްލެވޭ ބޮޑު މަޝްރޫއެކެވެ.
ގުޅުން ހުރި ޙަބަރުތައް

މާލޭ ނޯތު ހާބަރުގެ ކިއު މެނޭޖްކުރުމުގެ އުސޫލަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފި
7 ގަޑިއިރު ކުރިން

ޒުވާން ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފި
10 ގަޑިއިރު ކުރިން

ޅ. ކުރެންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށް
11 ގަޑިއިރު ކުރިން

8 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި އިންޑިއާގެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދު
11 ގަޑިއިރު ކުރިން


.gif&w=3840&q=75)