
ޅ. ކުރެންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށް

އާމިނަތު ޝަޒްލާ - 16 ޖުލައި 2026 - 11:08
ޅ. ކުރެންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
މި މަޝްރޫޢުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވަމުން އެމްޓީސީސީން އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، މިހާރު ސައިޓުގައި ކުރިއަށްދަނީ ސައިޓު ސެޓްއަޕް ހެދުމުގެ މަސައްކަތާއި، ޖެޓީގެ ޝަޓަރިންގ މަސައްކަތްތައް ކަމަށެވެ.
ކުރެންދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ފާދިއްޕޮޅުގެ ރަށްތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި މަޝްރޫޢުގެ މަސައްކަތް ފަށްޓަވައިދެއްވީ އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު އެވެ.
މި މަޝްރޫޢުގެ ދަށުން ތަރައްޤީގެ ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި:
- 36,363 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުން.
- 63 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން.
- 415 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުން.
- 243 މީޓަރު ދިގު 2 މީޓަރު ފުޅާ އާރްސީ ޖެޓީއެއް ހެދުން.
- 60 މީޓަރު ދިގު 2 މީޓަރު ފުޅާ އާރްސީ ޖެޓީއެއް ހެދުން ހިމެނެއެވެ.
މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 53.36 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ. އެމްޓީސީސީއާ މި މަސައްކަތް ޙަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫޢު ނިމުމުން ކުރެންދޫގެ ރައްޔިތުންނަށް ލަފާފުރުމުގައި ދިމާވެފައިވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ.
ގުޅުން ހުރި ޙަބަރުތައް

މާލޭ ނޯތު ހާބަރުގެ ކިއު މެނޭޖްކުރުމުގެ އުސޫލަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފި
7 ގަޑިއިރު ކުރިން

ޒުވާން ވިޔަފާރިވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއޯޔޫއެއްގައި ސޮއިކޮށްފި
10 ގަޑިއިރު ކުރިން

ހަނިމާދޫގެ ހުރިހާ ގޭބިސީއެއްގައި ސޯލާ ހަރުކުރުމުގެ މަސައްކަތް ކައުންސިލުން ފަށައިފި
10 ގަޑިއިރު ކުރިން

8 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި އިންޑިއާގެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދު
11 ގަޑިއިރު ކުރިން


.gif&w=3840&q=75)