logo

އައްޑޫގައި ތަކުރާރުކޮށް ވައްކަންކުރާ ޒުވާނަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

profile

މުޙައްމަދު ފަޟްލޫން - 15 ޖުލައި 2026 - 15:41

އައްޑޫ ސިޓީގައި ތަކުރާރުކޮށް ވައްކަންކުރާ މައްސަލައެއްގައި ތުހުމަތުކުރެވޭ 32 އަހަރުގެ ފިރިހެނަކު، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.

https://wamco.com.mv/

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އައްޑޫ ސިޓީ މަރަދޫއަށް ނިސްބަތްވާ މީހެކެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، އޭނާ ހައްޔަރުކުރީ މި ހިނގާ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު މަރަދޫ ގެއަކުން ގިނަ އަދަދެއްގެ މުދާ ވަގަށް ނެގިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެންނެވެ.

ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކުރިއިރު، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން، ވައްކަމުގެ އެހެން މައްސަލައެއްގެ ތުހުމަތުވެސް އޭނާގެ މައްޗަށް ކުރެވިފައިވާތީ، ގަން ޕޮލިސް ސްޓޭޝަނުން އެ މައްސަލަވެސް ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk