
އެޗްޑީސީގެ ވަޒީފާތަކުން މީހުން ވަކިކުރަނީ ސިޔާސީ ބޭނުމެއްގައި: ފައްޔާޒް

މުޙައްމަދު ފަޟްލޫން - 15 ޖުލައި 2026 - 18:08
ހައުސިންގ ޑިވޮލެވްމެންޓް ކޯޕަރޭޝަން، އެޗްޑީސީގެ ވަޒީފާތަކުން މީހުން ވަކިކުރަނީ ސިޔާސީ ބޭނުމެއްގައި ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެކްސް ޕޯސްޓެއްގައި ފައްޔާޒް ވަނީ މިސަރުކާރުން އެޗްޑީސީ އިން މުވައްޒަފުން ވަކިކުރަމުންދާތީ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވައި ސަރުކާރަށް ފާޑުވިދާޅުވެފައެވެ.
ކުންފުނިތައް ރައިޓް ސައިޒް ކުރުމުގެ ނަމުގައި ސަރުކާރުން ކުރަމުންދާ ހަމައެކަނި ކަމަކީ ރައީސް ޑރ މުހައްމަދު މުއިއްޒު އަށް ތާއިދު ނުކުރާ މީހުން ވަކިކުރުން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ވަޒީފާތަކުން މީހުން ވަކިކުރުމުގައި އަމަލުކުރަމުންދަނީ ޕީއެންސީގެ މަޖިލިސް މެންބަރުން ތައްޔާރުކޮށްފައިވާ ވަކި ލިސްޓަކަށް ކަމަށް ފައްޔާޒު ތުހުމަތުކުރެއްވިއެވެ.
މިކަމުގެ ސަބަބުން އެތައް އަހަރަކު ހިދުމަތްކޮށްފައިވާ ގާބިލު މުވައްޒަފުން ވަޒީފާ ގެއްލި، އެ މަގާމުތަކަށް ސިޔާސީ އެކްޓިވިސްޓުން އައްޔަން ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
24 ގަޑިއިރުގެ ނޯޓިސްއެއް ވެސް ނުދީ، އެމްޑީޕީއަށް ތާއިދުކުރާ އެތައް ސަތޭކަ މުވައްޒަފުންނަކަށް ވަޒީފާއިން ވަކިވުމަށް މަޖުބޫރުކޮށްފައިވާ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.
ސިޔާސީ ގޮތުން ޓާގެޓުކޮށް އެތައް އާއިލާއެއްގެ އާމްދަނީ ހުއްޓުވާލުމަކީ ދެވޭ ބޮޑު އަނިޔާއެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ގަވާއިދާ ހިލާފަށް ވަޒީފާތަކުން ވަކިކުރުމުގައި ބައިވެރިވާ މީހުންނާ ގާނޫނު އަރާ ހަމަކުރާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން އާސަންދައިން ރާއްޖޭގެ 8 ސަރަހައްދެއްގައި ކައުންޓަރު ހުޅުވައިފި
3 ގަޑިއިރު ކުރިން
10 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި
3 ގަޑިއިރު ކުރިން

އައްޑޫގައި ތަކުރާރުކޮށް ވައްކަންކުރާ ޒުވާނަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި
5 ގަޑިއިރު ކުރިން

އަލަތު ކައިވެނީގެ ވަލީމާ ބޭއްވުމަށް މާލެއިން ހިލޭ ޖާގަ ހަމަޖައްސައިދެނީ
7 ގަޑިއިރު ކުރިން


.gif&w=3840&q=75)