
ނީލަން ފިހާރަތަކުގައި ރޯވެ އަނދަނީ
ނީލަން ފިހާރަ ސަރަހައްދުގައި އަލިފާން ރޯވެއްޖެ

އަހުމަދު ޔައީޝް - 09 ޖެނުއަރީ 2023 - 01:25
ނީލަން ފިހާރަ ސަރަހައްދުގައި އަލިފާން ރޯވެއްޖެއެވެ.
އަލިފާން ރޯވެފައި ވަނީ ނީލަން ފިހާރަތަކުގައެވެ. އަލިފާންގަނޑު އެ ސަރަހައްދަށް ފެތުރިފައިވާއިރު، އަލިފާންގަނޑު އަދި ކޮންޓްރޯލުނުވެއެވެ.
06:24:54
ނީލަން ފިހާރަތަކަކީ ގިނަ އަދަދެއްގެ ލަކުޑި ގެންގުޅޭ ތަނެކެވެ.
06:25:46
ނީލަން ފިހާރަތަކުގައި ރޯވެ އަދަނީ…
06:33:55
ސިފައިންގެ ފަޔަރ އެންޑް ރެސްކިއު އިން ގެންދަނީ އަލިފާން ނިއްވުމުގައި ހަރަކާތްތެރިވަމުންނެވެ.
06:34:54
06:53:35
ނީލަން ފިހާރަ ސަރަހައްދުގައި ގިނަ އަދަދެއްގެ ވެހިކަލް ހުރުމުން އެ ސަރަހައްދުން ވެހިކަލްތައް ދުރުކުރުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
06:54:44
ވެހިކަލްތައް ދުރުކުރުވޭތޯ ބަލަނީ
06:57:02
ނީލަން ފިހާރަތަކުގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރުމަށް އެއަރޕޯޓް ފަޔަރ ޓްރަކު ދާދި ދެންމެއަކު އެ ސަރަހައްދަށް ގެނެސްފިއެވެ.
07:03:01
ނީލަން ހުރިހާ ފިހާރައެއްގައި ކަހަލަގޮތަކަށް ވަނީ ރޯވެފައެވެ.
07:03:39
ސިޓީ ކައުންސިލުގެ ލޭބަރ ކުއަރޓަރ އާއި ހަމައަށް އަލިފާންގަނޑު ވަނީ ފެތުރިފައެވެ. ލޭބަރ ކުއާޓަރގައި ތިބި ބިދޭސީން ވަނީ އިމާދުއްދީން ސްކޫލަށް ވައްދާފައެވެ.
07:04:23
ފުލުހުން ބުނީ އަލިފާން ރޯވިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ 5:49ގައި ކަމަށެވެ. ފުލުހުންނާއި ސިފައިން ގުޅިގެން އަލިފާން ނިއްވުމުގެ މަސައްކަތް ކުރިއަށްދާ ކަމަށްވެސް ފުލުހުން ބުނެއެވެ.
07:16:18
ނީލަން ފިހާރަ ސަރަހައްދުގައި ހިނގާފައިވާ އަލިފާނުގެ ހާދިސާފައި އިމާދުއްދީން ސްކޫލަށް ދުމުގެ އަސަރުކޮށްފައިވުމުން ހެނދުނު ދަންފަޅީގެ ކިޔެވުން މިއަދަށް މެދު ކަނޑާލައިފި ކަމަށް މައުލޫމާތު ލިބެއެވެ.
07:30:15
އެއަރޕޯޓް ފަޔަރ ލޮރީ ބޭނުންކޮށްގެން ފޯމު ޖަހަން ފެށުމާއެކު، އަލިފާންގަނޑު ކޮންޓްރޯލުވާން ފަށައިފިއެވެ.
08:09:19
ސަރަހައްދުގައި ދިރިއުޅޭ އާންމުން ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށާއި އާންމުން އެ ސަރަހައްދަށް ނުދިއުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ. ފުލުހުން މިގޮތަށް އިލްތިމާސްކުރީ އެ ހިދުމަތުން ކުރި ޓްވީޓެއްގައެވެ.
08:10:27
ފުލުހުން ބުނީ، އަލިފާނުގެ ހާދިސާއާ ގުޅިގެން ވިލާ ކޮލެޖާއި ސްޓެލްކޯއާ ދެމެދުގެ ގިނަ މަގުތައް އާންމު ދަތުރުފަތުރަށް ވަނީ ބަންދު ކޮށްފައިވާ ކަމަށާއި، ދުމުގެ އަސަކުރާ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުން ދުމުން ރައްކާތެރިވުމުގެ ގޮތުން އެކަށީގެންވާ މާސްކް އެޅުމަށް ދަންނަވާ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

6 ރަށެއްގައި އެއާޕޯޓް ތަރައްގީ ކުރުމަށް ދެ ކުންފުންޏަކާއެކު ފައިނޭސިންގް އެއްބަސްވުމަކަށް
3 އަހަރު ކުރިން

ނައިބު ރައީސް އަންނަ ހަފްތާގައި އައްޑޫއަށް ވަޑައިގަންނަވަނީ
3 އަހަރު ކުރިން

އެއިޑްސް ދުވަހުގެ ހަރަކާތްތައް ގއ.އަތޮޅުގައި ކުރިޔަށްދަނީ
3 އަހަރު ކުރިން

ޓައިމް މެގަޒިންގެ އަހަރުގެ ޝަހުސިއްޔަތަކީ ޒްލެންސްކީ
3 އަހަރު ކުރިން


